20/06/2026
މަގި ދިއްވާ އެއްތެއްތައް ދަތިވޭ ގޮތަށާއި މަގި ތިބި ލައިޓްތަކާއި ސީސީޓީވީ ކެމެރާތަކައް ދަތިވޭ ގޮތައް ތިބި ގިސްތައް ކޮށުމުގެ މަސައްކައް.
މި މަސައްކަތި އައްޑޫ ސިޓީ ގަން ޕޮލިސް އިންޗާޖް އެއި އިތިރި ފުލުހުން ވެނީ އެހީތެރިކަން ފޯރުކޮށްދެރެފެއި. މި ފުރުސަތި ގަން ޕޮލިހުން އަބަދަށަސް ލިބޭ އެހީތެރިކަން ފާހަގަކޮށް ކައުންސިލަރ ނުސްރަތު ރަޝީދު އެއި މަރަދޫ އަވަށި އޮފީހެ ހުށުހެއި މުވައްޒަފުންގެ ނަމި ޝުކުރު ދަންނަވަން.
Addu City Council Addu City Police
18/06/2026
މަރަދޫގެ މިސްކިތްތަކުގައި ހުކުރު ކުރުމަށް ހަމަޖެހިފައިވާ ގޮތް
19 ޖޫން 2026
18/06/2026
މަރަދޫ ދާއިރާގެ ކައުންސިލަރު ކަމާއި އަލަށް ހަވާލުވެވަޑައިގެންނެވި ކައުންސިލަރ ނުސްރަތު ރަޝީދު، ސައުތް ރީޖަލަނަލް ކަސްޓަމްސްގެ އިސްވެރިންނާއި ބައްދަލުކުރެއްވުން.
މިބައްދަލުވުމުގައި ކަސްޓަމްސްގެ ޑިވިޝަން ހެޑް އޮފް ސައުތް ރީޖަނަލް ކަސްޓަމްސް ފަރާތުން ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓް އިބްރާހިމް ޝަކީލް އާއި ޑެޕިއުޓީ ޑިވިޝަން ހެޑް އޮފް ސައުތް ރީޖަނަލް ކަސްޓަމްސްގެ ސީނިއަރ ސުޕްރިޓެންޑެންޓް އަބްދުﷲ ފަހުމީގެ އިތުރުން އެކި ޑިޕާރޓްމަންޓްތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައި.
މި ބައްދަލުވުމުގައި އެކި ދާއިރާތަކުން ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި.
Addu City Council
Maldives Customs Service
18/06/2026
މަރަދޫ ބަނދަރު ސަރަހައްދުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެހީތެރިކަމާއި އެކު ރުށް ޖެހުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި. މިކަމުގައި އާރްޑީސީން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރަން.
Addu City Council
Road Development Corporation - RDC
18/06/2026
މަރަދޫ ދާއިރާގެ ކައުންސިލަރު ކަމާއި އަލަށް ހަވާލުވެވަޑައިގެންނެވި ކައުންސިލަރ ނުސްރަތު ރަޝީދު، މަރަދޫ ސްކޫލުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން.
މިބައްދަލުވުމުގައި މަރަދޫ ސްކޫލުގެ ޕްރިންސިޕަލް ހުސެއިން މުސައްވިރު އާއި ސްކޫލުގެ އިސްވެރިން ވަނީ ބައިވެރިވެފައި.
މި ބައްދަލުވުމުގައި ވަނީ އެކި ދާއިރާތަކުން ކުރެވިދާނެ ކަންކަމާއި ގުޅިގެން މަޝްވަރާކޮށްފައި.
Maradhoo School
Addu City Council
13/06/2026
މަރަދޫ އަވަށު އޮފީހުން އިސްނަގައިގެން މަރަދޫ މާ މިސްކިތް ސާފުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން.
މި ސާފުކުރުމުގެ ހަރަކާތުގައި މަރަދޫ ހެލްތް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެހީތެރިކަން ވަނީ ލިބިފައި. މިފަދަ ކަންކަމުގައި މަރަދޫ ހެލްތް ސެންޓަރުގެ މުވައްޒަފުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން.
Addu City Council
Maradhoo Health Centre
11/06/2026
މަރަދޫގެ މިސްކިތްތަކުގައި ހުކުރު ކުރުމަށް ހަމަޖެހިފައިވާ ގޮތް
12 ޖޫން 2026
10/06/2026
މަރަދޫ އަވަށު އޮފީހުގެ މުވައްޒަފުން ކެޕްލާއަށް އަހުލުވެރި ކުރުވުމުގެ ގޮތުން ބޭއްވި ސެޝަންގެ ތެރެއިން.
09/06/2026
މަރަދޫ މަސް މާރުކޭޓްގެ މަސައްކަތްތަކާއި ގުޅިގެން ކޮންޓްރެކްޓަރ އާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން.
މި ބައްދަލުވުމުގައި މަރަދޫ ދާއިރާގެ ކައުންސިލަރ ނުސްރަތު ރަޝީދު އާއި ކައުންސިލް އެގްޒެކެޓިވް މަރިޔަމް ސާއިދާ ބައިވެރިވެވަޑައިގެންނެވި.
Addu City Council
09/06/2026
ސ. ގަން ޕޮލިހުން އިސްނަގައިގެން އެސްޓޭޝަނުން ދެމުންދާ ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް، މަރަދޫ ދާއިރާގެ ކައުންސިލަރ ނުސްރަތު ރަޝީދު އާއި އަދި މަރަދޫ އަވަށު އޮފީހުގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.
Addu City Police
Addu City Council