Mohamed Dawood - Kulhudhuffushi City Uthuru
Committed to empowering Kulhudhuffushi City through positive changes, in sha Allah
🌟✨🏛️🌱🤝.
#EmpowerKulhudhuffushi
15/06/2024
ޢީދު ބޮޑު ކޮފީ މުހައްމަދު ދާއޫދުއާއެކު! އެންމެ ބޭފުޅުންނަށް ދަޢުވަތު އަރުވަން.
އަޟްހާ ޢީދުގެ ތަހުނިޔާ އެންމެހާ ރައްޔިތުންނަށް އަރިސްކުރަން!
ތަން: ކާނިވަލް ކެފޭ
ގަޑި: 08:30 (ހެނދުނު)
ތާރީޚް: 16 ޖޫން 2024 (ޢީދު ދުވަސް )
28/04/2024
ކުޅުދުއްފުށި އުތުރު ދާއިރާގެ އިންތިޚާބީ މެންބަރުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ބޭއްވުނު ޝުކުރުގެ ފަރިއްކޮޅު!
26/04/2024
ކުޅުދުއްފުށި އުތުރު ދާއިރާގެ އިންތިޚާބީ މެންބަރުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ބޭއްވުނު ފިނިބުރު!
25/04/2024
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ ކެނޑިޑޭޓް މުހައްމަދު ދާއޫދަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ބާއްވާ ސައިކަލު ބުރެއް މާދަމާ ހަވީރު 04:15 ގައި ބަރާބަރު ކުރިމަތިން ފެށޭނެ.
އަދި ރައްޔިތުންގެ ފަރާތުން ލިބުނު ލޯތްބާއި އެއްބާރުލުމަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ބާއްވާ ފަރިއްކޮޅެއް މާދަމާ ރޭ 8:00 ގައި ބަރާބަރު ކުރިމަތީ ރުއްގަނޑުގައި އޮންނާނެ.
ކުޅުދުއްފުށީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަން!
ޝުކުރިއްޔާ.
މާދަމާ ފެށޭ މި އަހަރުގެ ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ކާމިޔާބު އިމްތިހާނަކަށް އެދެން.
ބެލެނިވެރިންނާއި، މުދައްރިސުން އަދި ޚާއްސަކޮށް ތިޔަ ލޮބުވެތި ދަރިވަރުން ތިޔަ ކުރާ ބުރަ މަސައްކަތުގައި މާތްﷲ ބަރަކާތްލައްވާ ކާމިޔާބު މިންވަރު ކުރައްވާށި!
އާމީން!
21/04/2024
ٱلْحَمْدُ لِلَّٰهِ!
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ
ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާގެ ލޮބުވެތި ރައްޔިތުން!
މާތް ﷲގެ އިރާދަފުޅާއެކު އަޅުގަނޑު ވާނީ މި ސިޓީއަށް ބޭނުންވެފައިވާ މުހިންމު ހެޔޮ ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށް ފުދުންތެރި، ހަމަޖެހޭ އުފާވެރި މުޖުތަމަޢުއެއް ބިނާކޮށް، އަޅުގަނޑުމެންގެ ސިޓީއަށް ބޭނުންވާ ހަޤީޤީ ބާރުވެރިކަން ހޯދައިދޭ ރައްޔިތުންގެ ޚާދިމަކަށް. އަޅުގަނޑު ވާނީ ނަޒާހަތްތެރިކަމާއި، ޚިދުމަތްތެރިކަމާއި، ފާގަތި މުސްތަޤްބަލެއްގެ ތަޞައްވުރަކާއެކު ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް ޚިދުމަތް ކުރާ ނަމޫނާ މެންބަރަކަށް
މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިޔަ ބޭފުޅުންގެ އަރިހުން އަޅުގަނޑަށް ވޯޓެއް ދެއްވުން އެދި މި ދަންނަވަނީ ނުހަނު އުންމީދާ ޔަޤީންކަމާއެކު!
19/04/2024
ކެނޑިޑޭޓް ނަންބަރު 1 މުހައްމަދު ދާއޫދާއެކު ފިނިބުރެއް!
16/04/2024
"ބަދަލަކުން ބާރުވެރި ސިޓީއަކަށް" އަޅުގަނޑުމެންގެ މެނިފެސްޓޯ އެކުލަވާލެވިފައިވާނީ މުހިންމު 5 ތަނބެއްގެ މައްޗަށް. މި 5 ތަނބު ބިނާވެފައިވާނީ ދިވެހީންގެ ރާއްޖެ މެނިފެސްޓޯގެ 19 ބާބުގައި ހިމެނޭ މުހިންމު ބައިތަކާއި، ކުޅުދުއްފުށި ސިޓީގެ ތަރައްޤީ އާއި ކުރިއެރުމަށް ބޭނުންވެފައިވާ މުހިންމު ބަދަލުތައް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ މައްޗަށް. މި ސިޓީއަށް ބޭނުންވާ ހެޔޮ ބަދަލުތައް ގެނައުމަށާއި، އެންމެންނަށް ވެސް ފާގަތި މުސްތަޤްބަލެއް ބިނާކުރުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ބައިވެރިވެދެއްވާ، 21 އެޕްރީލް 2024 ވާ އާދީއްތަ ދުވަހު، އަޅުގަނޑަށް ވޯޓެއް ދެއްވުމަށް އެދި މި ދަންނަވަނީ ނުހަނު އުއްމީދާއި ޔަޤީންކަމާއި އެކު. މާތް ﷲގެ އިރާދަފުޅާއެކު ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން އަދި ސަރުކާރާ ގުޅިގެން ކުރާ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑުމެން މިކަންކަން ހާސިލުކުރާނަން
13/04/2024
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އަޅުގަނޑު ވާނީ، ނަޒާހަތްތެރިކަމާއި، ޚިދުމަތްތެރިކަމާއި، ފާގަތި މުސްތަޤްބަލެއްގެ ތަޞައްވުރަކާއެކު ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ޚިދުމަތްކުރާ ރައްޔިތުންގެ ޚާދިމަކަށެވެ. އަދި މި ސިޓީއަށް ބޭނުންވެފައިވާ މުހިންމު ހެޔޮ ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށް ފުދުންތެރި، ހަމަޖެހޭ އަދި އުފާވެރި މުޖުތަމަޢެއް ބިނާކޮށް، އަޅުގަނޑުމެންގެ ސިޓީ ބާރުވެރިކުރުވާނެ ލީޑަރަކަށެވެ. އަޅުގަނޑުގެ ކެމްޕެއިން ޝިޢާރަކީ "ބަދަލަކުން ބާރުވެރި ސިޓީއަކަށް" އެވެ. އަޅުގަނޑުގެ މެނިފެސްޓޯ ބިނާވެފައިވަނީ، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ބޭނުންތަކާއި އުންމީދުތަކަށް ޚާއްޞަކޮށްގެން، ސަރުކާރު ހިންގާ ޕާޓީގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ މައިގަނޑު އުސޫލުތަކުގެ މައްޗަށެވެ.
މިގޮތުން އަޅުގަނޑުގެ މެނިފެސްޓޯ އެކުލަވާލެވިފައިވާނީ މުހިންމު 5 ތަނބެއްގެ މައްޗަށެވެ. މި 5 ތަނބު ބިނާވެފައިވާނީ ދިވެހީންގެ ރާއްޖެ މެނިފެސްޓޯގެ 19 ބާބުގައި ހިމެނޭ މުހިންމު ބައިތަކާއި، ކުޅުދުއްފުށި ސިޓީގެ ތަރައްޤީ އާއި ކުރިއެރުމަށް ބޭނުންވެފައިވާ މުހިންމު ބަދަލުތައް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ މައްޗަށެވެ.
https://www.dhiveheengeraajje.net/
11/04/2024
ޢީދު ބޮޑު ކޮފީ މުހައްމަދު ދާއޫދާއެކު. ޢީދު މުބާރަކް
#ކުޅުދުއްފުށިއުތުރު
#މަޖިލިސް2024
#ދިވެހީންގެރާއްޖެ
#އެއްނަންބަރުކެނޑިޑޭޓް
#ބަދަލަކުންބާރުވެރިސިޓީއަކަށް
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Kulhudhuffushi
02110
