17/06/2026
ލ އަތޮޅުގެ ސްކޫލްތަކުގެ ސާނަވީ ގްރޭޑްތަކުގައި ހިސާބު މާއްދާ ކިޔަވާދޭ ޓީޗަރުންނަށް އަމާޒުކޮށްގެން އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނާދޭނެ ގޮތުގެ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން. މިޑިޕާޓްމަންޓާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ، ވޯލްޑް ބޭންކްގެ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއް.
From Capacity Building of Secondary Mathematics Teachers in Teaching Students with Complex Learning Profiles training sessions for Laamu atoll schools. The training program is conducted under the World Bank’s Atoll Education Development Project. It is run in collaboration with Faculty of Education, Maldives
National University.
Faculty of Education
21/05/2026
ތައިބަ ޕްރޮޖެކްޓްގެ ދަށުން ރިވިޔުކޮށްފައިވާ ސްކިލްސް ޕްރޮގްރާމްތަކުގެ 'އެސެސްމަންޓް ޕްރޮސީޖާސް' ޓްރެއިނިންގ ސެޝަންގެ ތެރެއިން. މި ސެޝަންގައި އުނގެނުމުގައި ޙާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލްތަކުގައި ކުރިއަށްގެންދާ ސްކިލް ޕްރޮގްރާމްތަކުގައި އެކްސެސް އެރޭންޖްމެންޓް ގެންނާނެގޮތްތަކަށް މުދައްރިސުން އަހުލުވެރިކުރުންވަނީ ކުރިއަށް ގެންގޮސްފައި. މިއީ މިޑިޕާޓްމަންޓާއި، ތައިބަ ޕްރޮޖެކްޓްގެ މި ހަރަކާތުގެ ކޮންސަލްޓަންޓް އަދި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީ ގުޅިގެން އެކުލަވާލައިފައިވާ ޑޮކިޔުމެންޓެއް.
From the Assessment Procedures training session held for teachers on the revised skills programs under the Thaiba Project. The session focused on familiarizing teachers with the implementation of access arrangements for students with special educational needs within school-based skills programs. This document was developed by the Department in collaboration with consultant of this Thaiba activity
and the Maldives National Skills Development Authority.
UNICEF Maldives Maldives National Skills Development Authority