25/06/2026
26 ޖޫން 2026 ވަނަ ދުވަހު ފޯކައިދޫގައި ހުކުރު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި އިމާމުވެ ހުކުރު ނަމާދު ކުރައްވާ ބޭފުޅުންގެ މަޢުލޫމާތު.
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sh.Foakaidhoo Council, Government Organization, Hukurumagu, Male.
25/06/2026
26 ޖޫން 2026 ވަނަ ދުވަހު ފޯކައިދޫގައި ހުކުރު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި އިމާމުވެ ހުކުރު ނަމާދު ކުރައްވާ ބޭފުޅުންގެ މަޢުލޫމާތު.
25/06/2026
ކައުންސިލް އުފެދުނީއްސުރެ މިހާތަނަށް ( 5 ވަނަ ދައުރުގެ ކައުންސިލް ހަވާލުވުމާއި ހަމަޔަށް) ފޯކައިދޫ ކައުންސިލަށް ލިބެންޖެހި ނުލިބިވާ ފައިސާގެ ތަފްޞިލް
Local Government Authority
25/06/2026
ކައުންސިލްގެ ބޮޑެތި ޢާންމު ބައްދަލުވުންތަކަށާއި އައުޓްޑޯ ޕާޓީ އިވެންޓުތަކަށް ޚާއްޞަކުރެވިގެން ކޮމިއުނިޓީ ސެންޓަރުގެ ގޯތިތެރޭގައި އައުޓްޑޯ ކަމްޕައުންޑެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިޔަށްދަނީ
Local Government Authority
Local Government Authority - SH. Atoll Office
22/06/2026
އާންމު ސަމާލުކަމަށް! 📢
ރަށުގެ ވަށާމަގުގެ ގޮނޑުދޮށާވީ ފަރާތަކީ ތިމާވެށީގެ ގޮތުންނާއި ރަށުގެ ރައްކާތެރިކަމުގެ ގޮތުން ނުހަނު މުހިންމު ސަރަޙައްދެކެވެ. އެހެންކަމުން، ތިރީގައިވާ ކަންކަމަކީ މަނާ ކަންތައްތަކެއް ކަމުގައި ދަންނަވަމެވެ.
🚫 ވަށާމަގުގެ ގޮނޑުދޮށާވީ ފަރާތުގައި އާންމުންގެ އަމިއްލަ ރުއްގަސް އިންދުން
🚫 ރަށުގެ ހޭޅިފަށުން އެއްވެސް ވަރަކަށް ދަރުކޮށުމާއި، ދަނޑުވެރިކަން ކުރުމަށްޓަކައި ހޭޅިފަށް ކޮށައި ސާފުކުރުން.
🚫 ވަށާމަގުގެ ގޮނޑުދޮށާވީ ފަރާތުން އެއްވެސް ބާވަތެއްގެ ރުކެއް ނުވަތަ ގަހެއް ކެނޑުން.
ރަށުގެ ގޮނޑުދޮށާއި ހޭޅިފަށް ހިމާޔަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާއެކެވެ. ވީމާ، މިކަންކަމަށް އެންމެހާ ބޭފުޅުން ސަމާލުކަން ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.
ކައުންސިލްގެ މި އެންގުމާއި ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެވާހަކަ ދަންނަވަމެވެ.
Ministry of Climate Change, Environment and Energy, Maldives
Local Government Authority
22/06/2026
އަދަބީ މުބާރާތްތައް ކަމުގައިވާ މަޒުމޫނު ލިޔުމުގެ 41ވަނަ ގައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ 38ވަނަ ގައުމީ މުބާރާތާއި ޅެންހެދުމުގެ 29ވަނަ ގައުމީ މުބާރާތުގައި ވާދަކުރާ ފޯކައިދޫގެ ދަރިވަރުންގެ އިމްތިހާން ކުރިއަށްދިޔުން.
Ministry of Education, Higher Education and Skills Development
Local Government Authority
21/06/2026
ސިފައިންގެ 72 ވަނަ އަސާސީ ތަމްރީން ކޯހުން ފަޚުރުވެރިކަމާއެކު ދަސްވެނިވި، ޤައުމީ ޚިދުމަތަށް ނުކުތް ފޯކައިދޫގެ ދެ ދަރިވަރުންނަށް މި ކައުންސިލާއި ފޯކައިދޫގެ ރައްޔިތުންގެ ނަމުގައި ނުހަނު އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މަރުޙާބާ ދަންނަވަމެވެ.
ދުޢާއަކީ ތިޔަ ދަރިވަރުންނަކީ އިސްލާމްދީނާއި ޤައުމަށް ވަފާތެރި، އަދި ރަށަށް ރީތި ނަން ހޯދައިދޭނެ ހިތްވަރުގަދަ ސިފައިންގެ ބަޔަކަށް ވުމެވެ. ތިޔަ ކުރިއެރުމުގައި މާތްﷲ ބަރަކާތްލައްވައި، ކާމިޔާބީގައި ކުރިއަށް ދިއުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ! އާމީން.
Local Government Authority
Local Government Authority - SH. Atoll Office
21/06/2026
ފޯކައިދޫ ފެނަކަ ހިންގުމާއި ހަވާލުވެހުރި ފަރާތާއިއެކު މިއަދު ބޭއްވުނު ބައްދަލުވުމުގެ ޚުލާސާ:
1.ފޯކައިދޫ ހެލްތު ސެންޓަރުގެ ގޯތިތެރެއަށް ވާގޮތަށް ފެނަކައިން ޤާއިމްކޮށްފައިވާ ރެއިންވޯޓަރ ސްޓޯރޭޖް ސިސްޓަމް އެހެން ތަނަކަށް ބަދަލުކުރުމާ (Relocate) ގުޅޭގޮތުން މަޝްވަރާކުރުން.
2.އަލަށް އާބާދުވާ ސަރަޚައްދުތަކަށް ފެނާއި ނަރުދަމާއެޅުން ލަސްވާ މައްސަލައިގައި ކައުންސިލަށް ކޮށްދެވޭނެ ކަންކަމާއިމެދު މަޝްވަރާކުރުން.
3. ރަށުގެ ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު އޮޅުންފިލުވައި، އެ މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކުރުން
Local Government Authority
20/06/2026
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، "އެންމެން އެކުގައި މޫދަށް" މި ނަމުގައި ކުރިއަށް ގެންދެވުނު މޫދާއި ގޮނޑުދޮށް ސާފުކުރުމުގެ ޙާއްސަ ހަރަކާތުގެ ތެރެއިން ކޮށްލަވާނި ބީޗު ސަރަހައްދާއި މޫދު ސަރަހައްދު ސާފްކުރުން. މި ހަރަކާތުގައި ބައިވެރިވި މުވައްސަސާތަކާއި އާންމު ފަރާތްތަކަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރުދަންނަވަން.
Ministry of Climate Change, Environment and Energy, Maldives
19/06/2026
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، "އެންމެން އެކުގައި މޫދަށް” މި ނަމުގައި ބާއްވާ މޫދާއި ގޮނޑުދޮށް ސާފުކުރުމުގެ ޙާއްސަ ހަރަކާތުގައި ބައިވެރިވުމަށް ކުދިބޮޑު އެންމެނަށް ދަޢުވަތު އަރުވަން.
އިވެންޓް އޮންނާނީ 20 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 07:00 ން 09:00 ށް، ކޮށްލަވާނި ބީޗް ސަރަހައްދުގައި.
Ministry of Fisheries, Marine Resources and Agriculture
Local Government Authority - SH. Atoll Office
18/06/2026
19 ޖޫން 2026 ވަނަ ދުވަހު ފޯކައިދޫގައި ހުކުރު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި އިމާމުވެ ހުކުރު ނަމާދު ކުރައްވާ ބޭފުޅުންގެ މަޢުލޫމާތު.