Anti-Scam Centre - MPS

Anti-Scam Centre - MPS

Share

Welcome to the official Anti-Scam Centre (MPS) page. Do not report crimes here. Report us:
Call 911 or
125 ext. 2020.

This platform will disseminate the latest trends and updates concerning scams affecting our community.

16/06/2026

🚨 ހަފްތާގެ ސްކޭމް ތަފާސްހިސާބު | 07 ޖޫން – 13 ޖޫން 2026 🚨

ވޭތުވެދިޔަ ހަފްތާގައި ޖުމްލަ 36 ސްކޭމް މައްސަލަ ވަނީ ރިޕޯޓުކުރެވިފައެވެ. މިމައްސަލަތަކުގައި 118,370.05 ރުފިޔާގެ ގެއްލުމެއް ވެފައިވާއިރު، އަވަސް ފިޔަވަޅުތަކާއެކު 164,240.60 ރުފިޔާ ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދައިދެވިފައެވެ.

އޮންލައިން ވިޔަފާރި (އީ-ކޮމާސް) ސްކޭމްތަކަކީ މި ހަފްތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކެވެ. އޮންލައިންކޮށް ވިޔަފާރިކުރައްވާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރައްވާށެވެ. އަދި ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުގެ ބަދަލުގައި، އިތުބާރު ހިފޭ ވަސީލަތްތައް ބޭނުންކުރެއްވުމަށް ސަމާލުވެލައްވާށެވެ. އަދި މުދާ ލިބުމުންނޫނީ ފައިސާ ނުފޮނުއްވާށެވެ. ވާަހަކަ ދެއްކެނީ އަސްލު ވިޔަފާރިއަކާތޯ ޔަގީންކުރައްވާށެވެ.

16/06/2026

🚨 Weekly Scam Statistics | 07 June – 13 June 2026 🚨

This week, the Anti-Scam Centre received 36 scam reports, with a reported loss of MVR 118,370.05. Through swift intervention and cooperation, MVR 164,240.60 was successfully recovered.

🛒 E-commerce scams remained the most reported scam type (26 cases), followed by others online fraud schemes (5 cases), impersonation scams (4 cases), and currency exchange scams (1 case).

📱 Most cases originated through online messaging platforms, phone calls, unknown links, iBay, and Facebook Marketplace.

⚠️ Stay vigilant when shopping online, transferring money, or communicating with unknown individuals. Always verify before you trust.

14/06/2026
12/06/2026

🏠 ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތަކާއި އެއާ ގުޅުންހުރި އެކިއެކި ޚިދުމަތްތައް ހޯދުމަށް ބޭނުންކުރަންވާނީ "އީފާސް" (eFaas) ލޮގިންއެވެ. ގޫގުލް ޖީމެއިލް (Gmail) ލޮގިން ޕޭޖުތަކުގައި މެއިލް އަދި ޕާސްވޯޑް ނުޖައްސަވާ!

❌ އެސް.އެމް.އެސް (SMS)، ސޯޝަލް މީޑިއާ ނުވަތަ މެސެޖިންގ އެޕްތައް މެދުވެރިކޮށް ފޮނުވާ ލިންކުތަކަށް ވަދެ، ތިޔަބޭފުޅާގެ ޖީމެއިލް އެޑްރެހާއި ޕާސްވޯޑް ނުޖައްސަވާ.
❌ ޝައްކުކުރެވޭ ލިންކުތަކަށް ނުފިއްތަވާ!
❌ ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން، ތިންވަނަ ފަރާތެއްގެ ވެބްސައިޓެއް މެދުވެރިކޮށް ތިޔަބޭފުޅާގެ އީމެއިލް ޕާސްވޯޑް ހޯދާކަށް ނޭދޭނެއެވެ.

🔒 ލޮގިން ވުމުގެ ކުރިން އަބަދުވެސް ވެބްސައިޓުގެ އެޑްރެސް ރަނގަޅަށް ކަށަވަރުކުރައްވާ!. އަދި ޚިދުމަތްތައް ހޯދުމަށް ހަމައެކަނި ސަރުކާރުގެ ރަސްމީ ޕޯޓަލްތައް ބޭނުންކުރައްވާ!

Think Before You Click. Verify Before You Log In.

11/06/2026

🚨 ސަމާލުކަމަށް: ސޯޝަލްމީޑިއާގައި އެކައުންޓްތައް ހަދައިގެން ސްކޭމްކުރަމުން ދިއުމާއިގުޅޭ 🚨

މި ޕޯސްޓްގައިވާ ޓިކްޓޮކް (TikTok) އެކައުންޓަކީ އޮޅުވާލައިގެން މަކަރާއި ހީލަތުން (ސްކޭމް) ކަންތައްތައް ހިންގަމުންދާ އެކައުންޓެއްގެ ގޮތުގައި ރިޕޯޓްކުރެވިފައިވާތީ، މިފަދަ ކަންކަަމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރަމެވެ.

މި އެކައުންޓް ހިންގަމުންދާ ފަރާތް ހޯދުމުގެ މަސައްކަތް މިޚިދުމަތުން މިދަނީ ކުރަމުންނެވެ. މިފަދަ ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި ފޭކް އެކައުންޓްތައް ހަދައިގެން، ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާނެވާހަކަ ދަންނަވަމެވެ.

ސްކޭމްތަކުން ރައްކާތެރިވެ ތިއްބަވާ! ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރައްވާ! ވީހާވެސް ގިނަ ބޭފުޅުންނަށް މިމައުލޫމާތު ފޯރޮށްދެއްވާ!

11/06/2026

ތައުޒިޔާގެ މެސެޖް

09/06/2026

🏠 ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތަކާއި އެއާ ގުޅުންހުރި އެކިއެކި ޚިދުމަތްތައް ހޯދުމަށް ބޭނުންކުރަންވާނީ "އީފާސް" (eFaas) ލޮގިންއެވެ. ގޫގުލް ޖީމެއިލް (Gmail) ލޮގިން ޕޭޖުތަކުގައި މެއިލް އަދި ޕާސްވޯޑް ނުޖައްސަވާ!

❌ އެސް.އެމް.އެސް (SMS)، ސޯޝަލް މީޑިއާ ނުވަތަ މެސެޖިންގ އެޕްތައް މެދުވެރިކޮށް ފޮނުވާ ލިންކުތަކަށް ވަދެ، ތިޔަބޭފުޅާގެ ޖީމެއިލް އެޑްރެހާއި ޕާސްވޯޑް ނުޖައްސަވާ.
❌ ޝައްކުކުރެވޭ ލިންކުތަކަށް ނުފިއްތަވާ!
❌ ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން، ތިންވަނަ ފަރާތެއްގެ ވެބްސައިޓެއް މެދުވެރިކޮށް ތިޔަބޭފުޅާގެ އީމެއިލް ޕާސްވޯޑް ހޯދާކަށް ނޭދޭނެއެވެ.

🔒 ލޮގިން ވުމުގެ ކުރިން އަބަދުވެސް ވެބްސައިޓުގެ އެޑްރެސް ރަނގަޅަށް ކަށަވަރުކުރައްވާ!. އަދި ޚިދުމަތްތައް ހޯދުމަށް ހަމައެކަނި ސަރުކާރުގެ ރަސްމީ ޕޯޓަލްތައް ބޭނުންކުރައްވާ!

އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ފޮނުވާ މެސެޖުތަކަށް ސަމާލުވެލައްވާ!



09/06/2026

🏠 Housing applications and related services are accessed through the official eFaas portal login, not through Google Gmail login pages or unknown websites.

❌ Never enter your Gmail address and password on links sent through SMS, social media, or messaging apps.
❌ Do not click suspicious links requesting account verification or security checks.
❌ Legitimate government services will not ask you to provide your email password through third-party websites.

🔒 Always verify the website address before logging in and access services only through official government portals.

Think Before You Click. Verify Before You Log In.

އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ފޮނުވާ މެސެޖުތަކަށް ސަމާލުވެލައްވާ!



08/06/2026

🚨 ހަފްތާގެ ސްކޭމް ތަފާސްހިސާބު (31 މޭ – 06 ޖޫން 2026) 🚨

މި ހަފްތާގައި ޖުމްލަ 33 ސްކޭމް މައްސަލަ ވަނީ ރިޕޯޓުކުރެވިފައެވެ. މިމައްސަލަތަކުގައި ޖުމުލަ 258,356.00 ރުފިޔާގެ ގެއްލުމެއް ވެފައިވާއިރު، މީގެ ތެރެއިން 150,693.00 ރުފިޔާ ވަނީ ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއިއެކު އަނބުރާ ހޯދައިދެވިފައެވެ.

އޮންލައިން ވިޔަފާރި (އީ-ކޮމާސް) ސްކޭމްތަކަކީ މި ހަފްތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކެވެ. އޮންލައިންކޮށް ވިޔަފާރިކުރައްވާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރައްވާށެވެ. އަދި ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުން ދުރުހެލިވެ، އިތުރު ގޮތަކަށް ކަށަވަރުކުރެއްވުމަށް ސަމާލުވެލައްވާށެވެ.

08/06/2026

🚨 Weekly Scam Statistics (31 May – 06 June 2026)

A total of 33 scam cases were reported this week, resulting in losses of MVR 258,356, of which MVR 150,693 was successfully recovered.

E-commerce scams remained the most reported scam type. Always verify sellers, avoid advance payments to unknown individuals, and use trusted platforms when shopping online.

Want your business to be the top-listed Government Service in Male?

Click here to claim your Sponsored Listing.

Location

Category

Address

Male