10/12/2025
ރާއްޖޭގޭ އުފަލާ އަރާމަކީ، އާދެ މަސްވެެރިކަމޭ ވާނަސީބަކީ، ޖާނާ މާލޭކަނޑުންވާ ރޯއްޖަކީ، ވާމި ރާއްޖޭގަ މަސްވެރިންނެ ރޫހަކީ - މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެންމެހައި ހީވާގި މަސްވެރިންނަށް އަރިސްކުރަން
19/11/2025
ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެންމެހައި ލޮބުވެތި ފިރިހެނުންނަށް އަރިސްކުރަން
25/06/2025
1447 ވަނަ ހިޖުރީ އައު އަހަރުގެ ތަހުނިޔާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން
31/05/2025
1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ތިރީގައިވާ ގޮތަށް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ވާހަކަ ދަންނަވަން.
13/05/2025
މި ކުންފުނީގެ ފަރާތުން ކުރިޔަށް ގެންދާ މަޝްރޫއު ތަކުގެ ތެރެއިން، ޅ. ހިންނަވަރުގެ އޮފީސް އިމާރާތުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި. އިންޓަލޮކް ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢު މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރެވޭ
06/04/2025
ޅ.ހިންނަވަރަށް ދިމާވަމުން އައި ފެނުގެ މައްސަލަ ހައްލުކުރުމަށްޓަކައި، 55 ޓަނުގެ އާރް.އޯ ޕްލާންޓެއް އިންސްޓޯލް ކޮށް މިހާރު ވަނީ ޙިދުމަތްދޭން ފަށާފައި. އިރާދަކުރެއްވިއްޔާ ފެނުގެ މައްސަލަ އެއް ދެން ކުރިމަތިނުވާނެއެވެ. އަޅުގަނޑުމެންގެ ރަށުގެ ރައްޔިތުންނަށް ދިމާވި މި ދަތިކަން ފިލުވައި ދެއްވިކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުއިޒު އަށާއި، ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަބްދުއްރަހްމާނަށް އަދި ފެނަކަ ޓީމަށް ޝުކުރިއްޔާ!