ގއ.ވިލިނގިލި އތމކ - WDC

ގއ.ވިލިނގިލި އތމކ - WDC

Share

ގއ.ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކތްކުރާ ކޮމިޓީ

17/06/2021

#ކޮވިޑުންސަލާމަތެވެމާހިގާ

ކޮވިއްޑައް ފައްސިވާ ވަގުތުން ފެށިގެން އެކަހެރިވެ، ކޮންޓެކްޓް ޓްރޭސިންއަށް ތެދު މަޢުލޫމާތު ދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް! ބަލި ފެތުރުން ކޮންޓްރޯވާނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތައް، ތެދު މަޢުލޫމާތު ދީގެންނެވެ.

Photos from ‎ގއ.ވިލިނގިލި އތމކ - WDC‎'s post 16/06/2021

އ.ތ.މ.ކ ގެ މިލްކުގައިވާ ފިޔަނަމަކަށް ކިޔާ އިމާ ރާތަކީ ކުރިން ވިލިނގިލި ޕޮލިހުން ކުއްޔަށް ދިެިރިއުޅެމުން އައިތަނެވެ. ނަމަވެސް 2018 ވަނަ އަހަރު ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި އިމާރާތުގެ ބޮޑުބައެއްގައި ރޯވެ، އެތަނުގައި ދިރިނޫޅެވޭ ވަރަށް ހަލާކުވެ، ބޮޑެތި ގެއްލުން ލިބިފައިވެއެވެ. އޭރުއްސުރެ، މިއަދާޖެހެންދެން ފިޔަ އިމާރާތުގެ މައްސަލަ ނުނިމި ގިނަ ދުވަސްތަކެއްވެ އިމާރާތާއި ގޯތި ދަނީ ވީރާނެވެ ހަލާކުވަމުންނެވެ.

އާންމު ރައްޔިތަކަށް އެތަނަށް ވަދެ އުޅުމުގެ ތެޜޭގައި އަނިޔާ ލިބުމުގެ ކުރިން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އިމާރާތް ތަޅާލައި ގޯތި ސާފު ކުރެވޭނެ އިންތިޒާމެއް ހަމަޖެހޭތޯއެވެ. އެއްވެސް ރައްޔިތަކު މިހާލަތުގައި ފިޔަ އިމާރާތުގެ ގޯތި ތެރެއަށް ވަދެ ނޫޅުމަކީ އަޅުގަނޑުމެން އ.ތ.މ.ކ ގެ ވަރަށް ބޮޑު އެދުމެކެވެ.

ފިޔަ އިމާރާތުގެ ގޯތި ހުންނަ މަގު ކުނިކަހާ ސާފު ކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ. މި މަސައްކަތުގައި އަޅުގަނޑުމެންނަށް ، ކުނި ނަގާ ޖަންބޯ ފޯރުކޮށްދެއްވީތީ ވިލިނގިލި ކައުންސިލް ރައިސް އާއި އެސްޓިއޯ މެނޭޖަރ އަށް ޝުކުރު ދަންނަވަމެވެ.
އަބަދުވެސް ތިފަދަ ގާތް ކަމެއް އ.ތ.މ.ކ އާ ބާއްވާނެ ކަމަށް އުންމީދު ކުރަމެވެ.

16/06/2021

ގއ.އަތޮޅު ހޮސްޕިޓަލުން އަވަދި ނެތި ތި ކުރައްވަމުން ގެންދަވާ މަސައްކަތް ތަކަށް އަޅުގަނޑުމެން ޝުކުރު ދަންނަވަމެވެ.
ތިޔަ އެންމެހާ ރައްޔިތުންވެސް އަތޮޅު ހޮސްޕިޓަލާއި ވިލިނގިލި ކައުންސިލުން ދެމުންގެންދާ އިރުޝާދު ތަކަށް ތަބާވެ، އެޔާ އެއްގޮތަށް އަމަލު ބަހައްޓަވާށެވެ. މާތް ރަސްކަނލާގެ ކޮވިޑްގެ މި ވަބާއިން އަޅުގަނޑުމެން މިންޖުކުރައްވާން ދެއެވެ.
އާމީން.

16/06/2021

ގއ.ވލިނގިލި ކައުންސިލްގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި މީޑިއާޓީމުން ކުރަމުންގެންދާ ބުރަ މަސައްކަތްތަކަށް އ.ތ.މ.ކ އިން ސާބަސް ދަންނަވަން !

Villingili EOC Information conference at 8:15pm tonight.

Photos from ‎ގއ.ވިލިނގިލި އތމކ - WDC‎'s post 16/06/2021

13.05.2021

އ.ތ.މ.ކ ގެ 4ވަނަ ދައުރުގެ އާނމު 2 ވަނަ ބައްދަލުވުން ބާއްވައިފައިވަނީ ވިލިނގިލި ވޮލުންޓިއަރސް އެސޯސިއޭޝަން އިން އިސްނަގައިގެން ތަރައްގީ ކުރަމުން އަންނަ ބީޗްއެއް ކަމައްވަ ލަވްޕޮއިންޓްގައެވެ.
ވިލނގިއްޔަކީ ޖަމިއްޔާތައް ގިނަ ރަށަކަށްވެފައި، މިފަދަ ގިނަ ބީޗް ތަކާއި ފިނިމައިޒާންތައް ޖަމިއްޔާ ތަކާއި އަންމު ފަރުދުން އިސްނަގައިގެންތަރައްގީ ކޮއްފައިވާތީ، އ.ތ.މ.ކ ކޮމިޓީގެ އާންމު ބައްދަލުވުން ބޭއްވުމަށް ހަމަ ޖެހިފައިވަނީ މިފަދަ ތަންތާގައެވެ.
ރަށެއް ކުރިއަރާނީ މި ފަދަ މަދަނީ ޖަމިއްޔާތަކާއި، ދަރުމަވެރުންގެ އެއްބާރުލުން ލިބިގެންކަން ކަޝަވަރެވެ.
އަޅުގަނޑުމެންގެ ދައުރުގައި ދަރުމަވެރިނާއި ގާތުން މަސައްކަތް ކޮށް ، އެފަރާތްތަކަށް އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުމާ އހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން އަރުވަމެވެ.

Photos from ‎ގއ.ވިލިނގިލި އތމކ - WDC‎'s post 16/06/2021

16.06.2021

ގއ.ވިލިނގިލީ އ.ތ.މ.ކ ކޮމިޓީގެ 3 ވަނަ ދައުރު ނިމި 4 ވަނަ ދައުރަށް ހޮވިފައިވާ މެންބަރުންނައި ލިޔެކިޔުންތައް ހަވާލުކޮށް، މަސައްކަތް ގޮސްފއިވާ ހިސާބާއި ކުރެވުނުު ކަންތައްތައް އަލަށް ހޮވުނު މެންބަރުންނާއި ހިއްސާކޮއްފިއެވެ.
މި ރަސްމިއްޔާތު ކުރިއަށް ދިޔައީ އ.ތ.މ.ކ.ކ ގެ 3 ވަނަ އަދި 4 ވަނަ ދައުރުގެ މެންބަރުންގެ އިތުރުން ވިލިނގިލީ ކައުންސިލްގެ ހުރިހާ މެންބަރުން ނާއި، ކައުން ސިލްގެ ގިނަ ސްޓާފުންގެ ހާޒިރުގައެވެ.
މި ރަސްމިއްޔާތުގައި 3 ވަނަދައުރުގެ ނައިބްރައީސާ ކަރަންޓީނުގައި ހުރުމާ ގުޅިގެން ވާރޗުއަލް ކޮށް ބައިވެރިވެފައިވެއެވެ.

Ga Villingili Anhenunge Tharaggee ah Masahkai kuraa Committee 2019

Photos 15/06/2021

ސާފުވިލިނގިލިން އިސްނަގައިން، ގއ.ވިލިނގިލި ކައުންސިލާއި، އ.ތ.މ.ކ އާއި ގުޅިގެން ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތުން ލިބުނު 29،000ރ ވަނީ އިންޓަރނޭޝަނަލް އެއިޑް ފަންޑާއި ހަވާލު ކުރެވިފައެވެ. މި ހަރަކާތުގައި އަޅުގަނޑުމެންނަށް އެހީތެރިވެދިން ހުރިހާ ރައްޔިތުންނަށް އ.ތ.މ.ކ އާއި، ކައުންސިލާއި، ސާފު ވިލިނގިލި ނަމުގައި ވަރަށް ހޫނު ޝުކުރެއް ދަންނަވަމެވެ.

Saafu Villingili
Secretariat of the Villingili Council

Photos from ‎ގއ.ވިލިނގިލި އތމކ - WDC‎'s post 15/06/2021

ކޮވިޱްގެ މިހާލަތުގައި ރަށުގެ އެކި މުއައްސަސާތަކުން ހިންގާ ތަފާތު ހަރަކާތް ތަކުގައި އ.ތ.މ.ކ އިން އަންނަނީ އެހީތެރިވެދެމުންނެވެ. އެގޮތުން ކައުންސިލުން ހިންގާ އެސްއެސްޑީ ޓީމްގެ ޑެލިވަރީތައް ކުރުމާއި، ކޮންމެ އަންގާރަ ދުވަހަކު ބަނދަރު މޮނީޓަރ ކޮށް، ކޮންމެ ދުވަހަކު ހެނދުނު 11:00 އިން ހަވީރު 18:00 އަށް ކަރަންޓީން ގެތައް މޮނީޓާރކުރުން ހިމެނެއެވެ.
އޭގެ އިތުރުން އަތޮޅު ހޮސްޕިޓަލުން ހިންގާ ވެކްސިން ދިނުމުގެ ހަރަކާތްތަކުގައިޔާއި، ރެންޑޮމް ސާމްޕަލް ނެގުމުގެ ހަރަކާތް ތަކުގައި އެހީތެރިވަމުން ގެންދެއެވެ.

މިހާލަތުން އަރައި ގަންނަން ވިލިނގިލި ކައުންސިލާއި، އަތޮޅު ހޮސްޕިޓަލާއި ، ވިލިނގިލި ޕޮލހުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ، ޝުކުރުދަންނަވަމެވެ . އަދި ހަމަ މިހާރެކޭ އެއްފަދައިންތިކުރައްވާ މަސައްކަތް ތަކުގައި އ.ތ.މ.ކ ގެ ފުރިހަމަ އެއްބާރުލުން އަބަދުމެ ލިބޭނެ ކަމުގެ ޔަޤީން އަޅުގަނޑުމެން އަރުވަމެވެ.

Secretariat of the Villingili Council
Ga. Atoll Hospital

15/06/2021

‼️02.06.2021 ގައި ކުރިއަށް ގެންދިޔަ ފަންޑް ރއެިސިން އިވެންޓް. މި އިވެންޓްގެ މުއްދަތު ހަމަވެ ، ލިބުނު ފައިސާ ވަނީ އިންޓަރނޭޝަނަލް އެއިޑް ފަންޑާއި ހަވާލި ކުރެވިފައެވެ.

ފަލަސްތީނާއި އެކު ވިލިގިއްލާ🇵🇸🇲🇻

ފަލަސްތީނުގެ އަޚުންނާއި އުޙުތުންނަން އެހީތެރިވުމުގެ ގޮތުން ސާފު ވިލިގިއްލާއި، ގއ.ވިލިނގިލީ ކައުންސިލް އިދާރާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ޖަމިއްޔާއި ގުޅީގެން ވިލިގިއްލޭ ތެއިހެއި ރައްޔިތުންނަގެ ނަމުގައި ފައިސާގެ އެހީ ހޮވުމުގެ ހަރަކާތް!

ބޭންކް: ބޭންކް އޮފް މޯލްޑިވްސް
އެކައުންޓް ނަމްބަރާ:7770000054828
އެކައުންޓު ނަމާ:Saafu Villingili
- ޓްރާންސްފާ ކޮއްފެއި 9461429 ނަމްބަރަން ވައިބާ ކެރުމަން އެދެން.

އެންމެ ކުދެ އެހީއަކުންގަސް ވަރަން ބޮޑެ ފަރަގަކެ ކޮއްލަންނެ. އެންމެނެސް އެހީވެމާ!

މި ފުރުސަތުގައި ސާފުވިލިނގިލިން މިފަދެ ކަމަކެ އިސްނަގައިގެން ކެރީތީ އ.ތ.މ.ކ ގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރެ ދަންނަވަން. މި ޒުވާނެ ކުއްދުނައްކޫ އަހަންނަގެ މުސްތަޤްބަލެ.

Saafu Villingili
Secretariat of the Villingili Council

Photos from ‎ގއ.ވިލިނގިލި އތމކ - WDC‎'s post 15/06/2021

31.05.2021

ގއ.ވިލިނގިލީގައި ކޮވިޑް19 އަަށް ފައްސިވެފައި ތިބި ފަރާތަކަށް އ.ތ.މ.ކ އިން ކެއަރ ޕެކްސް ހަވާލުކޮށްފައި ވެއެވެ.
މިހާލަތުގައި އަޅުގަނޑުމެން އެންމެންވެސް ގުޅިގެން މަސައްކަތް ކޮށްގެން މެނުވީ މި ޙާލަތުން އަރައި ނުގަނެވޭނެ ކަން ޔަގީނެވެ. އެހެންކަމުން، ހުރިހާބޭފުޅުންވެސް ބޭރަށް ނުކުންނަ އިރު މާސްކް އަޅުއްވާ، ގައިދުރުކަން ބަހަށްޓަވާ! ބޭރުގައި އުޅޭ ވަގުތުތައް މަދުކޮށް، ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދު އަޑު އައްސަވާ، އެގޮތަށް އަމަލު ކުރައްވާ!
މާތް ރަސްކަލާނގެ އަޅުގަނޑުމެން މި ބަލިން ސަލާމަތް ކޮށްދެއްވާންދޭވެ.
އާމީން.

Photos from ‎ގއ.ވިލިނގިލި އތމކ - WDC‎'s post 15/06/2021

23.05.2021 - 27.05.2021

ކައުންސިލަރުންނާއި އަންހެނުންގެ ތަރއްޤީއަށް މަސއްކަތްކުރާ ކޮމިޓީގެ މެމްބަރުން މަޤާމަށް އަހުކުވެެރި ކުރުމުގެ ގޮތުން ލޯކަލް ގަަވަރމެންޓް އޮތޯރިޓީ އިން ހިންގި ޕްރޮގްރާމުގެ ތެރެއިން.

Local Government Authority
Secretariat of the Villingili Council

Photos from ‎ގއ.ވިލިނގިލި އތމކ - WDC‎'s post 15/06/2021

18.05.2021

ދިވެހިން ފަލަސްތީނާ އެކު ތިބިކަން ދައްކައި ދިނުމުގެ ގޮތުން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ “ދިވެހިން ފަލަސްތީނާ އެކީ” މި އިވެންޓްގައި އަޅުގަނޑުމެންގެ ރައިސާ އާއި ނައިބް ރައިސާ ބައިވެރިވެފައި ވެއެވެ.

އަޅުގަނޑުމެން، ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއިލުން ދެމުންގެންދާ ލާއިންސާނީ އަނިޔާ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.ފަލަސްތީނުގެ އެނިކަމެތި އިންސާނުން އެ އަނިޔާތަކުން ސަލާމަތްވެ، އަމިއްލަ މިބުގައި އުފަލާ އަރާމުގައި ދިރިއުޅޭނެ ދުވަހެއް އާދޭތޯ މާތް ރަސްކަލާނގެ ހޞްރަތުގައި ދުޢާ ދަންނަވަމެވެ.
އާމީން.




Want your business to be the top-listed Government Service in Viligili?

Click here to claim your Sponsored Listing.

Location

Website

Address

Ameenee Magu
Viligili
16020