15/06/2026
ފާއިތުވި 22 އަހަރު ދުވަހު މި އިދާރާގެ އެކިއެކި މަޤާމުތަކުގައި ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ޙަސަން ކޮށްދެއްވި އިޚްލާޞްތެރި އަދި ފަންނީ މަސައްކަތްތަކަށް މެނޭޖްމަންޓް އަދި އެންމެހައި މުވައްޒަފުންގެ ނަމުގައި ފަށްފަށުން ޝުކުރު ދަންނަވަމެވެ.
16/05/2026
ށ.އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރަކީ ހުރިހާ ދާއިރާއަކުންވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހާސިލުކޮށް، ނަމޫނާ ދެއްކި ކާމިޔާބު ދައުރެކެވެ. މި ކާމިޔާބީތަކަކީ ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުން އެކުވެރިކަމާއެކު، އެއް ޓީމެއްގެ ގޮތުގައި ކުރެއްވި ބުރަ އަދި އިޚުލާޞްތެރި މަސައްކަތުގެ ފޮނި ނަތީޖާއެވެ.
ކައުންސިލްގެ ރައީސް ގެންގުޅުއްވި ހަރުދަނާ އުސޫލުތަކާއި، ދެއްކެވި ކެރޭ، ހިތްވަރުގަދަ އިސްނެންގެވުން އަދި ކައުންސިލްގެ މެންބަރުން ބެހެއްޓެވި ޝައުޤުވެރިކަމާއި އަހަންމިއްޔަތުކަމަށްޓަކައި މި ޓީމަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ.
އަތޮޅުގެ މުސްތަޤުބަލަށް އަމާޒުކޮށްގެން ކައުންސިލުން އެކުލަވައިލި ޕްލޭންތަކާއި ހިންގި ހަރަކާތްތަކަކީ، އޭގެ ހެޔޮ މަންފާ އެތައް ދުވަހަކަށް މި މުޖުތަމަޢަށް ފޯރާނެ މުހިންމު މަސައްކަތްތަކެކެވެ.
ށ.އަތޮޅަށާއި މި ގައުމަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވާށި! އާމީން!
10/05/2026
ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް، ހާއްސަ ކުއްޖެއް. ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް އާދަޔާ ހިލާފު ހުނަރަކާއި ފަންނެއްވޭ. މި ކުދިންނަށް މިއަދު ބޭނުންވަނީ ވަގުތާއި، އޯގާތެރި ލޯތްބާއި، އަދި ރައްކާތެރިކަން.
10/05/2026
اِنّا لله وإنّا إليه راجعون
05/05/2026
ށ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ( އޭޕްރީލް 2026 )
އިޢުލާން ނަންބަރ- (IUL)227-CA-AD/PRIV/2026/7
ގެޒެޓް ލިންކް- https://www.gazette.gov.mv/iulaan/392024
ވެބްސައިޓް ލިންކް- https://shaviyani.gov.mv/notice
04/05/2026
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލުގެ ވަދާއީ ޙަފްލާގެ ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން
އިޢުލާން ނަންބަރ- (IUL)227-AD-PM/227/2026/6
ގެޒެޓް ލިންކް- https://gazette.gov.mv/iulaan/391854
01/05/2026
މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށްޓަކައި އެކި ދާއިރާތަކުގައި ބުރަ މަސައްކަތްތަކެއް ކުރައްވަމުންދާ ލޮބުވެތި އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރަމެވެ.