21/06/2026
މ. އަތޮޅުގެ ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ނާލާފުށި އަދި ރަތްމަންދޫގެ އިތުރުން ވޭވަށު ޔުޓިލިޓީ ހިދުމަތްތަކާއި މިކުންފުނިން މިއަދު ވަނީ ރަސްމީކޮށް ހަވާލުވެފައި. މި ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމުގައިި މި ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަފީފް ހުސައިން. ފެނަކަ ކޯޕަރޭޝަނުން ކުރިން ޔުޓީލިޓީ ހިދުމަތް ދެމުންއައި މިރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވަނީ، ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމުގެ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން.
21/06/2026
އާއިލާތަކުގެ ބާއްޖަވެރި މުސްތަޤުބަލަށްޓަކައި، ވަރުބަލިކަމެއްނެތި ބައްޕައިން ކުރައްވާ ބުރަ މަސައްކަތާއި ވެވަޑައިގަންނަވާ ޤުރުބާނީއަކީ އަގުނުކުރެވޭނެ ފަދަ މަތިވެރި ޚިދުމަތެއް. ބައްޕައެއްގެ އޯގާތެރިކަމާއި ލޯތްބަކީ ކޮންމެ ދަރިއެއްގެވެސް ދިރިއުޅުމުގެ އެންމެ ހަރުދަނާ ބިންގާ. ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި، ސްޓެލްކޯގެ އާއިލާގައި ހިމެނޭ އެންމެހާ ބައްޕައިންނަށާއި، ދިވެހިރާއްޖޭގެ އެންމެހާ ބައްޕައިންނަށް މި ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން.
20/06/2026
ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން 2025 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ޓެކްނިކަލް މުވައްޒަފަކަށް ހޮވިފައިވަނީ، މާލޭ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ، ޢަލީ ނިޔާޒް. އަދި 2025 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ނޮން-ޓެކްނިކަލް މުވައްޒަފަކަށް ހޮވިފައިވަނީ، ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ، ހައްސާމް އަޙްމަދު.
20/06/2026
ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން 2025 ވަނަ އަހަރު ޓެކްނިކަލް ދާއިރާތަކުން އެންމެ މޮޅު މެނޭޖަރަކަށް ހޮވިފައިވަނީ، މާލޭ ޕަވަރ ޖަނަރޭޝަން ޑިޕާޓްމަންޓްގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ، ޢަލީ ނަފާޙް މުޙައްމަދު. އަދި 2025 ވަނަ އަހަރު ނޮން-ޓެކްނިކަލް ދާއިރާތަކުން އެންމެ މޮޅު މެނޭޖަރަކަށް ހޮވިފައިވަނީ، ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ސީނިއަރ މެނޭޖަރ، ސަމީހާ މުސްޠަފާ. މީގެ އިތުރުން، 2025 ވަނަ އަހަރު އެންމެ މޮޅު ސްޓޭޝަން މެނޭޖަރަކަށް ހޮވިފައިވަނީ، ނޯތު ރީޖަނަލް ޑިޕާޓްމަންޓްގެ ކ. ތުލުސްދޫ ޕަވަރހައުސްގެ ސްޓޭޝަން މެނޭޖަރ، ޙުސައިން އާމިރު.
20/06/2026
ސްޓެލްކޯގެ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށާއި، 2025 ވަނަ އަހަރު މަސައްކަތާއި ހުނަރުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވުނު މުވައްޒަފުންނަށް އިނާމު ދިނުމަށް ބޭއްވި ސްޓެލްކޯ ސްޓާފް ނައިޓް ޙަފްލާގެ ތެރެއިން...
#ތަރައްޤީގެބައިވެރިޔާ
18/06/2026
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކާއި މި ކުންފުނިން ޙަވާލުވުމުގެ ގޮތުން މިއަދު ވަނީ މި ކުންފުންޏާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފަ. ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު، އަދި އެޗްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ (ރޓޑ) ޢަލީ ޒުހައިރު. މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ކުންފުނީގެ އެމަޖެންސީ ރެސްޕޮންސް ސެންޓަރެއް ޤާއިމްކުރުމަށް ބޭނުންވާ ޖާގަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ވަނީ މި ކުންފުންޏާއި ޙަވާލުކޮށްފަ. އަދި ހަމަމިއާއިއެކު މި ކުންފުނީގެ ފަރާތުން މިއަދު ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފަ.
Housing Development Corporation