Magistrate Court of Milandhoo, North Miladhunmadulu

Magistrate Court of Milandhoo, North Miladhunmadulu

Share

Official page of the Magistrate Court of Milandhoo, North Miladhunmadulu.

16/06/2026

ޙިޖްރީ އައު އަހަރުގެ ހެޔޮ އެދުމާއި ތަޚްނިޔާ މުސްލިމް އަޚުންނާއި އުޚުތުންނަށް އަރިސްކުރަން.

27/05/2026

عِيد مُبَارَك

26/05/2026

ޙައްޖު ދުވަސް 1447

Photos from Magistrate Court of Milandhoo, North Miladhunmadulu's post 24/05/2026

އަޟްހާ ޢީދަށް ތައްޔާރުވުމުގެ ގޮތުން “ޢީދު ސާފު” ގެ ނަމުގައި މިލަންދޫ ކައުންސިލާއި، މުއްސަސާތައް އެކުވެ 2026 މޭ 23 ވަނަ ދުވަހު ކުރިއަށް ގެންދެވުނު ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްގައި ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

Photos from Magistrate Court of Milandhoo, North Miladhunmadulu's post 21/05/2026

ށ.ނަރުދޫ ކައުންސިލުގެ ފަސްވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.
މި ރަސްމިއްޔާތުގައި ކައުންސިލަރުންނަށް ހުވާލައިދެއްވީ ށ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޙަސަން ޝިޔާމް.
📸 narudhoo council

Photos from Magistrate Court of Milandhoo, North Miladhunmadulu's post 18/05/2026

ށ.މިލަންދޫ ކައުންސިލުގެ ފަސްވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.
މި ރަސްމިއްޔާތުގައި ކައުންސިލަރުންނަށް ހުވާލައިދެއްވީ ށ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޙަސަން ޝިޔާމް.
📸 milandhoo council

15/05/2026
Photos from Magistrate Court of Milandhoo, North Miladhunmadulu's post 01/05/2026

ޑެންގޫއިން ރައްކާތެރިވުމުގެ ގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ މަޤްޞަދުގައި ށ.މިލަންދޫގެ ހުރިހާ މުއައްސަސާތަކެއް އެކުވެގެން 2026 މެއި 01 ވަނަ ދުވަހު ކުރިއަށް ގެންދެވުނު ހަރަކާތުގައި ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

Photos from Magistrate Court of Milandhoo, North Miladhunmadulu's post 29/04/2026

ކޯޓު އެޑްމިނިސްޓްރޭޓަރުން،ލީގަލް އޮފިސަރުން އަދި އެޑްމިނިސްޓްރޭޓިވް މުވައްޒަފުންނަށް އަމާޒުކޮށް 28 އޭޕްރީލް 2026 އިން 29 އޭޕްރީލް 2026 ގެ ނިޔަލަށް ށ.ފުނަދޫ ގައި ކުރިއަށް ގެންދެވުނު އެޑްމިނިސްޓްރޭޓިވް ޓްރެއިނިންގ ޕްރޮގްރާމް ގައި މިކޯޓުގެ ލީގަލް އޮފިސަރ ޙަސަން ސާލިމް އާއި، ކޯޓު ލީގަލް ސަޕޯޓް އެސިސްޓެންޓް ޢަބްދުالله ރީޙާން އާއި، ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް އާނިޔަތު އިބްރާހީމް އާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް އާމިނަތު ޝަހީމާ އާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް އަސްމާ ރަޝީދާ ބައިވެރިވެލައްވާފައިވެއެވެ.

Photos from Magistrate Court of Milandhoo, North Miladhunmadulu's post 26/04/2026

2026 އޭޕްރީލް 25 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ބައެއް ފަނޑިޔާރުންނާއި އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސް ބޭފުޅުން ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ކުރެއްވި ރަސްމީ ޒިޔާރަތުގެ ތެރެއިން. މި ޒިޔާރަތުގައި މިކޯޓުގެ ހުރިހާ މުވައްޒަފުންނާއިއެކު ބައްދަލުކޮށް މިކޯޓުގައި އަދި މި ދާއިރާގައި ހުރި ކަންބޮޑުވުންތަކާއި ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް ވާހަކަ ދެކެވިފައިވޭ.

📸 ޖޭ.އެސް.ސީ

Want your business to be the top-listed Government Service in Male?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Sh. Milandhoo Magistrate Court
Male
03160

Opening Hours

Monday 08:00 - 14:00
Tuesday 08:00 - 14:00
Wednesday 08:00 - 14:00
Thursday 08:00 - 14:00
Sunday 08:00 - 14:00