Ministry of Arts, Culture and Heritage

Ministry of Arts, Culture and Heritage

Share

Ministry of Arts, Culture and Heritage - Republic of Maldives. Government organisation

Photos from Ministry of Arts, Culture and Heritage's post 25/06/2026

ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާކަން މި ވުޒާރާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
މިކަން މި މަރުކަޒުގެ ސަމާލުކަމަށް އައުމާއެކު ވުޒާރާއިން މި ދަނީ ފުލުހުންނާ ގުޅިގެން މިކަން ހިނގާދިޔަ ގޮތާއި ޒިންމާވާ ފަރާތްތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.
އުސްގެކޮޅާއި އުސްގެކޮޅު ހިމެނޭ ސަރަޙައްދުގައި މިވުޒާރާގެ ފަރާތުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢާ ގުޅިގެން އުސްގެކޮޅު ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން ވުޒާރާގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވީ ނަމަވެސް ކައުންސިލުން މިވުޒާރާއާއި މިތަން ޙަވާލުކޮށްފައިނުވެއެވެ.
އުސްގެކޮޅަކީ މީލާދީން 20ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1903-1893) ޢިމާރާތްކުރެއްވި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ގެކޮޅެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާއެވެ. އަދި 74 އަހަރު ކުރިން އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރު ހުޅުވުނީވެސް މި އިމާރާތުގައެވެ. މި އިމާރާތަކީ ރަނގަޅު ފެންވަރަކަށް ހެދިފައިވާ އެދުވަސްވަރުގެ ޢިމާރާތްކުރުމުގެ ފަރުމާ ވަރަށް ރަނގަޅަށް ދައްކައިދޭ ތަނެކެވެ. އުސްގެކޮޅު ފަދަ ތާރީޚީ ތަންތަނަށް ދެވޭ މިފަދަ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުން ތަނަށް ލިބުން އެކަށީގެންވެއެވެ.
އެހެންކަމުން، ޤާނޫނާއި ޤަވައިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ކަންކަން މި ވުޒާރާގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިވުޒާރާއިން ފަށާފައިވާ ވާހަކަވެސް ދަންނަވަމެވެ.

Photos from Ministry of Arts, Culture and Heritage's post 22/06/2026

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު، އެމްއެންޔޫގެ ބަޙުސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި The Maldives National University

Photos from Ministry of Arts, Culture and Heritage's post 21/06/2026

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދިވަރު ކްލަބް އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް އާ ބައްދަލު ކުރި ކްލަބް މޯލްޑިވްސް ކްލެސިކް މުބާރާތުގެ ތެރެއިން

Photos from Ministry of Arts, Culture and Heritage's post 19/06/2026

"މޯލްޑިވިއަން ރިސޯޓު އާކިޓެކްޗާ" އެގްޒިބިޝަނަށް ވަޒީރު ހީނާ ވަލީދު ޒިޔާރަތް ކުރައްވައިފި

19/06/2026

Match Day
Club Maldives (Classic) 2026
19th June 2026 | Friday | 10:00pm
classic

17/06/2026

ދުނިޔޭގެ އަރުޝީފު ދުވަސް ފާހަގަކުރުމުގެ ޕްރޮގްރާމުގެ ތެރެއިން: ސުމޭކީ އަރުޝީފުގެ މަސައްކަތް ވަޒީރު ބައްލަވައިލެއްވުން

Want your business to be the top-listed Government Service in Male?

Click here to claim your Sponsored Listing.

Location

Telephone

Address


National Museum Building, Chaandhanee Magu
Male

Opening Hours

Monday 08:00 - 14:00
Tuesday 08:00 - 14:00
Wednesday 08:00 - 14:00
Thursday 08:00 - 14:00
Saturday 10:00 - 16:00
Sunday 08:00 - 14:00