17/06/2026
ހުޅުމާލެ ފޭސް 1ގެ 141ވަނަ ފުލެޓްގެ ގްރައުންޑް ފްލޯ ބަދިގޭގައި ބޭނުން ކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި.
https://mndf.gov.mv/mndf/en/news-article-dhiv.php?article=6146
16/06/2026
ލ.ގަމު މުކުރިމަގު އަވަށު މޯހޮޓަލް ކައިރީ ވަލުތެރޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި.
https://mndf.gov.mv/mndf/en/news-article-dhiv.php?article=6145
16/06/2026
ލ.ގަމު މުކުރިމަގު އަވަށާއި މާންދޫއާ ދެމެދު އޮންނަ ކުރިހިންނެ ވަލުތެރޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި.
https://mndf.gov.mv/mndf/en/news-article-dhiv.php?article=6144
15/06/2026
ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ހިލޭއެހީގެ ގޮތުގައި އޮސްޓްރޭލިއާ އިން ހަދިޔާކުރި ނޭވީ މަނަވަރު ދިވެހިރާއްޖެއަށް ގެނެސްފި. މި އުޅަނދު ހުޅުމާލެ ބަނދަރަށް އައުމުން މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ.
https://mndf.gov.mv/mndf/en/news-article-dhiv.php?article=6143
14/06/2026
ވޭތުވެދިޔަ ހަފުތާގައި (ޖޫން 7އިން ޖޫން 13އަށް) ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ، 16 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރްއެސް)އިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވޭ.
14/06/2026
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި، ތ. ވިލުފުށީ ކައުންސިލުން ގުޅިގެން އެ ރަށުގައި "ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރެއިނިންގ ޕްރޮގްރާމް" ހިންގައިފި.
https://mndf.gov.mv/mndf/en/news-article-dhiv.php?article=6142
14/06/2026
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން، ލ.ކަލައިދޫގެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ކަނބަލުންނަށް އަމާޒުކޮށްގެން، އަންހެނުން ބާރުވެރިކުރުވުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފި.
https://mndf.gov.mv/mndf/en/news-article-dhiv.php?article=6140
13/06/2026
ތިނަދޫ ސިޓީ ފަޅުގޯއްޗެއްގެ ތެރޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފި.
https://mndf.gov.mv/mndf/en/news-article-dhiv.php?article=6139
13/06/2026
ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި، ނ.މާފަރަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުން، ފެން ހިންދުމުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފި.
https://mndf.gov.mv/mndf/en/news-article-dhiv.php?article=6138
12/06/2026
ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 71 މެޑިކަލް އިވެކުއޭޝަން ހަދައިދީފި.