Kula Yellow

Kula Yellow

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kula Yellow, Political organisation, Male.

16/06/2026

‏އެމްޑީޕީގެ ޗެއަރޕާސަން ރައީސް ⁦‪ރައީސް މުޙައްމަދު ނަޝީދު މިރޭ 9:15 ގައި ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަންނަވާނެ.

12/06/2026

މީކާއީލްގެ ވާހަކައިގައި 2023ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބައިބައިވެގެންދިޔަ ހިތްދަތި ތާރީހު އިއާދަވާން ބޭނުން ނުވާކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ވަކި ކޮޅެއް ނަގައިގެން ޕާޓީގެ އެއްބައިވަންތަކަން ނުހިފެހެއްޓޭނެ ކަމަށާއި، އޭނާގެ ޗެއާޕާސަން ކަމުގައި ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އޮތް ކޮންމެ ބޭފުޅަކަށް ހަމަހަމަ ފުރުސަތު އޮންނާނެ ކަމަށެވެ.

12/06/2026

މީކާއީލް ވަނީ އޭނާއަށް ތާއީދުކުރާ މެންބަރުންނާއި ނުކުރާ މެންބަރުންނަށްވެސް ޕާޓީގެ ކުރީ ސަފުން ޖާގަ އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ފަހު މީހާއާ ޖެހެންދެންވެސް ޕާޓީގައި ދެމި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ

12/06/2026

މިއީ ރައީސް ސޯލިހުގެ ޕާޓީއެއް ނޫނޭ، މިއީ ރައީސް ނަޝީދުގެ ޕާޓީއެއްވެސް ނޫނޭ، މިއީ ތިބޭފުޅުންގެ ޕާޓީއެކޭ، މި ޕާޓީ ވަރުގަދަ ވީމަ ޤައުމަށް ހަމަޖެހުން އަންނާނީ.
އިރާދަކުރެއްވިއްޔާ 12 ޖޫން 2026 ވާ ހުކުރު ދުވަހު އަޅުގަނޑުމެން މި އިންތިޚާބު ކުރަނީ ޕަރސަނަލަޓީ ޕޮލިޓީކްސް އިން ބޭރުން އަޅުގަނޑުމެން މި އިންތިޚާބު ކުރަނީ ޕްރިންސިޕަލްޑް ޕޮލިޓިކްސް އެއް ގެންގުޅޭނެ ޗެއަރޕާަަސަން އެއް - ޤައުމީ މަޖިލިސް މެންބަރު

އެމްޑީޕީ ޗެއަރޕާރސަންކަމަށް 3️⃣މީކާއީލް އަޙުމަދު ނަސީމް ✅🗳️

12/06/2026

ބާރުވެރި އެކުވެރި އެމްޑީޕީ އަކަށް 3️⃣✅



12/06/2026

2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުވާލާ، މި ޕާޓީ ރޫޅަލަން ނިކުމެ މި ޕާޓީގެ އާންމު މެންބަރުން މަގުމަތިކޮށްލި މީހުންނަށް ޕާޓީގެ ހުންގާނު ދޫކޮށް ނުލަމާ. ތިމާއަށް ތާއީދު ނުކުރި މީހުން ފަހަތު ސަފަށް ލާނެ ކަމަަށް ބުނާ ބަޔަކަށް ޕާޓީ އެއްބައި ނުކުރެވޭނެ.

12/06/2026

”އަޅުގަނޑުމެން އަނެއްކާ މި ޕާޓީ ރޫޅާލާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން އަނެއްކާވެސް ވަކިވެގަންނާކަށް ބޭނުމެއް ނޫން،“ މީކާއީލް ވިދާޅުވިއެވެ.

12/06/2026

2023ގައި އެމްޑީޕީ މެންބަރުން މަގުމަތި ކުރުވި ބަޔަކަށް މިޕާޓީގެ ހުންގާނު ނުދެވޭނެ.

2028ގައި އަލުން ވެރިކަމަށް އައުމަށް މިޕާޓީ ރާވާލާނެ ޕާޓީ އަށް ވަފާތެރި ކެނޑިޑޭޓަށް ވޯޓު ދެއްވާ 3️⃣✅

12/06/2026

”އަޅުގަނޑު މީގެ އެތައް މަހެއް ކުރިން މި އިންތިހާބަށް ނުކުތީ، އަޅުގަނޑު ނުހަނު އިހުތިރާމް ކުރާ، އަޅުގަނޑުގެ އެދުރަކާ ވާދަކުރާކަށް ނޫން. އެހެން ނަމަވެސް ބައެއް ބޭފުޅުންގެ ވިސްނުމަށް އައި ކުއްލި ބޮޑު ބަދަލަކުން އަޅުގަނޑަށް މި އިންތިހާބުގައި ވާދަ ކުރަން މި ޖެހެނީ ރާއްޖޭގެ ކުރީގެ ރައީސަކާ،“ މީކާއީލް ވިދާޅުވިއެވެ.


Want your business to be the top-listed Government Service in Male?

Click here to claim your Sponsored Listing.

Location

Website

Address


Male
00960