Mathikilhi Eco Garden by Mathikilhi Society

Mathikilhi Eco Garden by Mathikilhi Society

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mathikilhi Eco Garden by Mathikilhi Society, Landmark & historical place, NARUGIS HINGUN, Midu.

Mathikilhi Eco Garden, located at main wetland area of Meedhoo Addu city Maldives, is a community funded initiative run by Mathikilhi Society NGO of Meedhoo in an effort to enhance our public and natural space for community and visitors' enjoyment.

Photos from Mathikilhi Eco Garden by Mathikilhi Society's post 23/12/2025

މަތިކިޅީގައި އެންމެ ފަހުން ހިނގި އަލިފާނުގެ ހާދިސާގައި، އިކޯ ގާޑަން ވޯލްކުވޭގެ އަނދައި ހަލާކުވީ 140 ފޫޓުގެ ބައި ރޫޅައި ސާފުކުރުމުގެ މަސައްކަތް ނިމިފައި ! މި މަސައްކަތް ނިމުނީ، ދެ މީހެއްގެ 6 ދުވަހުގެ ބުރަ މަސައްކަތުންނެވެ.

Photos from Mathikilhi Eco Garden by Mathikilhi Society's post 14/10/2025

ހަނދާނާއި ތާރީޚަށްޓަކައި، 2025 ވަނަ އަހަރުގައި މަތިކިޅީގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތައް:

25 ޖެނުއަރީ 2025
މަތިކިޅީގެ ހުޅަނގުދެކުނުގައި ކެޔޮދަނޑުތައް ހައްދާފައި ހުރި ސަރަހައްދުގެ ކައިރި ހިސާބެއްގައި އަލިފާން ރޯކޮށްގެން އަނދަން ފެށިއެވެ. އެއީ އީކޯ ގާޑަނާ ގާތްގަޑަކަށް 1200 ގެ ފޫޓް ދުރުމިނެވެ.
ހުޅުގަނޑު އާއްމުންނަށް ފެންނާން ފެށީ ހަވީރު 5 ޖަހާ އެހާކަންހާ އިރެވެ. އަލިފާންގަނޑު ނިއްވާލެވުނީ، ރޭގަނޑު 0730 އެހައިކަންހާ އިރެވެ. މި ހާދިސާގައި ، ހުޅަގުދެކުނު މަތިކިޅި ސެގަމެންޓުގެ ގާތްގަޑަކަށް 6 ހެކުޓަރުގެ ސަރަހައްދެއް އަނދާފައިވެއެވެ.

19 މާރިޗު 2025
މަތިކިޅީގެ ހުޅަނގުއުތުރުން، މަޖުދުއްދީން މަގާ ދިމާވާ ހޭޅިފަށުގެ ސަރަހައްދަކުން އަލިފާން ރޯކޮށްގެން އަނދަން ފެށިއެވެ. މި ބޮޑު ހުޅުގައި، މަތިކިޅީގެ ކޯރ އޭރިއާ ނުވަތަ މެދުތެރޭ މަތިކިޅީގެ ސަރަހައްދުން ބޮޑު ބައެއް ހިމެނޭހެން ގާތްގަނޑަކަށް ބާރަ ހެކުޓަރުގެ ސަރަހައްދެއް އަނދައިފައިވެއެވެ.

މި ހާދިސާގައި، މަތިކިޅީގެ ޚާއްސަ ސަރަޙައްދެއް ކަމުގައިވާ ކަނޑޮފިށީގައި ބޯކޮށް ހެދިފައިވާ ޖަންގަލީވެސް އަނދައި، އެ ސަރަޙައްދު އެއްކޮށް ބިމާ ހަމަވެގެން ދިޔައެވެ. މި ސަރަޙައްދަކީ ބޯކަށިކެޔޮ ގަހާއި ދިއްގާ ގަހުގެ އިތުރުން ނިރިއްޔާއި އެކި ބާވަތުގެ ދިގު ވިނަތައް ބޯކޮށް ހެދިފައިވާ ސަރަހައްދެކެވެ. މި ޚާއްސަ ޤުދުރަތީ މާހައުލު ނެތިގެން ދިޔުމަކީ ރަށުގެ ޖައްވަށާއި އެ ސަރަހައްދުގައި އުޅޭ ދިރޭތަކެތީގެ ނަސްލުތަކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.

27 މޭއި 2025
މަތިކިޅި އީކޯ ގާޑަންގެ ބުރިޖު ވޯލްކުވޭ އަށް އަރާ ސިޑީގެ ކައިރިން ދެކުނު ފަޅިން ވޯލްކުވޭއާ 4 ފޫޓް ދުރުން ރޯކޮށްފައި ވަނިކޮށް ފެނުނެވެ. އެއީ ފަތިހު 0530 އެހައިކަންހާ އިރެވެ. މި ފަހަރު އަނދާފައިވަނީ ހުޅަގުން އިރަށް ،އީކޯ ގާޑަނާ ވީ ފަރާތަށް، ސަތޭކަ ވަރަކަށް ފޫޓް އަދި އުތުރުން ދެކުނަށް ސަތޭކަ ވަރަކަށް ފޫޓްގެ ސަރަހައްދެކެވެ. އެއީ ދިހަ ހާސް އަކަ ފޫޓުގެ ސަރަހައްދެކެވެ.

މި ހުޅު ރޯކޮށްފައިވަނީ ފަތިހުގެ ވަގުތަކަށް ވެފައި ތެތްފިނީގެ އަސަރު ހުރީމާ މާ ބާރު ސްޕީޑެއްގައި އަނދަމުން ނުދިޔައެވެ. އެހެންކަމުން ގިނަ އިރުތަކެއް ނުވެ ފަސޭހައިން ނިއްވާލެވުނެވެ.

4 އޮކްޓޯބަރ 2025
އަލިފާން ރޯކޮށްފައިވަނީ އީކޯ ގާޑަނުގެ އުތުރުން ގާތްގަޑަކަށް 400 ވަރަކަށް ފޫޓް ދުރުންނެވެ. ޑްރެއިނޭޖް ޕަމްޕް ސްޓޭޝަން 1 އާއި ޕަމްޕް ސްޓޭޝަން 2 އާ ދެމެދު އަޅާފައިވާ ފަސްމަގުގެ މެދެއްހާ ހިސާބުން އެ މަގުގެ ދެކުނު ފަރާތުގައެވެ. އާދެ ސީދާ ކުޅި ތެރެއަށް އަލިފާންގަނޑު ފެތުރިގެންދާ ގޮތަށެވެ. ހެނދުނު 11 ޖަހާ އެހާކަންހާއިރު ރޯވި އަލިފާންގަނޑު ފެތުރެމުން އައިސް އީކޯ ގާޑާނުގެ ބުރިޖު ވޯލްކުވޭގައި ރޯވެ އަނދަން ފެށީ މެންދުރުފަހު 3 ޖެހި ފަހުންނެވެ. ވޯލްކުވޭގައި ހިފި އަލިފާން ނިއްވާލެވުނު އިރު ، ވޯލްކުވޭގެ ބޮޑު ބައެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހަލާކުވެފައެވެ.

މި ބޮޑު ހުޅު ނިއްވާލެވުނީ އީކޯ ގާޑަނުގެ ވޯލްކުވޭ ހުރަސްކޮށް ޑްރެއިނޭޖް ޕަމްޕް ސްޓޭޝަން 5 ހުރި ހިސާބުން ކުޑަ ތަންކޮޅެއް ދެކުނާ ހަމައިންނެވެ. މި ދުވަހު އަނދާފައިވަނީ ގާތްގަޑަކަށް ތިން ހެކުޓަރުގެ ސަރަހައްދެކެވެ.

5 އޮކްޓޯބަރ 2025
ކުރީ ދުވަހުގެ އަލިފާންގަނޑު ނިއްވާލެވުނު ހިސާބުން އަނެއްކާވެސް ފެނުނީ އަލިފާން ރޯކޮށްގެން އަނދަމުން ދަނިކޮށެވެ. އެއީ އީކޯ ގާޑަނުގެ ދެކުނު ފަރާތުން ގާތްގަޑަކަށް 500 ވަރަކަށް ފޫޓް ދުރުންނެވެ. މި ހުޅުގަނޑު ފުރަތަމަ އަނދަމުން ދިޔައީ ކުރީ ދުވަހުވެސް އެނދި ގޮތަށް އީކޯ ގާޑަނުގެ ހުޅަނގު ފަޅިން ލައިނަކަށް ސީދާ ދެކުނަށެވެ. އަދި ދެކުނުގެ ވަކި ހިސާބަކުން ފެށިގެން ހުޅަނގުން އިރަށް ގޮސް ފެން ޕްލާންޓުގެ ފުރަގަހުން ވަރަށް ކައިރި ހިސާބަކާ ހަމައަށް އަނދާފައިވެއެވެ. މި ބޮޑު ހުޅު ނިއްވާލެވުނު އިރު، ސާދަ ހެކުޓަރުގެ ސަރަހައްދެއް އަނދާ ހުލިވިއެވެ. ކުރީ ދުވަހު އެނދި ތިން ހެކުޓަރާއެކު ދެ ދުވަސް މަތިން ޖުމްލަ 17 ހެކުޓަރުގެ ސަރަހައްދު އަނދާފައިވެއެވެ.

މީގެ ކޮންމެ ފަހަރަކު ވެސް އަލިފާން ރޯވެ އަނދަން ފަށާފައިވަނީ، އީކޯ ގާޑަނުގެ ވައިމަތި ފަރާތުގައި ކަން ފާހަގަކުރެވެއެވެ. ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގައި ތަކުރާރުކޮށް، އަލިފާނުގެ މި ފަދަ ބޮޑު ހާދިސާ ހިނގަމުން އަންނަ އިރު ކަމާބެހޭ އެއްވެސް އިދާރާއަކުން، މި ކަން ހުއްޓުވުމަށްޓަކައި މިހައި ތަނަށް ކުރި އެއްވެސް ކަމެއް އެނގޭކަށް ނެތެވެ. އަދި ކަންބޮޑުވުމެއް ވެސް ނެތް ކަހަލައެވެ.

މި އަހަރު މިހައި ތަނަށް 5 ފަހަރު މި ބޮޑު އަލިފާނުގެ ހާދިސާ ހިނގި އިރު، އަލިފާންގަނޑު ނިއްވުމަށްޓަކައި އެމްއެންޑީއެފްގެ ސަދަރން ފަޔަރ ބްރިގޭޑުން ކޮށްފައިވާ ބުރަ މަސައްކަތަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

Addu City Council
Ministry of Tourism and Environment, Maldives

04/10/2025

ނޯޓިސް:

04 އޮކްޓޯބަރ 2025 ވީ ދުވަހު، މަތިކިޅިގައި ހިނގާދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި ، މަތިކިޅި އީކޯގާޑަންގެ ބުރިޖް ވޯލްކުވޭގެ ބޮޑު ބައެއް ވެސް ވަނީ އަނދައި ބޭނުން ނުކުރެވޭވަރު ވެފައެވެ. އެހެންކަމުން ވޯލްކުވޭ މަތިން ހިނގުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، އެއްވެސް މީހަކު ވޯލްކުވޭ މަތިން ހިނގާފައި ގާޑަނަށް ވަންނަން ނޫޅުމަށް އިލްތިމާސްކުރަމެވެ.

Notice:

On October 4, 2025, a major fire broke out in the Mathikilhi area, causing significant damage to the bridge walkway at Mathikilhi Eco Garden. As a result, the walkway has been rendered unsafe and is currently unusable.
For everyone’s safety, we kindly request that no one attempt to access the garden by walking on the damaged walkway until further notice.

Photos from Mathikilhi Eco Garden by Mathikilhi Society's post 27/09/2025

Guests from Canareef Resort visited Mathikilhi Eco Garden.
27.09.2025

Photos from Mathikilhi Eco Garden by Mathikilhi Society's post 24/09/2025

މިއަދު ، 24 ސެޕްޓެމްބަރު 2025 ވީ ދުވަހު ، މަތިކިޅި އީކޯގާޑަނަށް ޒިޔާރަތްކުރި ބަޔަކު ތަނަށް ކުނިއަޅާފައި!
މިއީ ގިނަ ކުނި ތަކަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް، މިހެން އުކާފައި ހުންނަ ކުނިކޮޅުތައް ފަހުން ޒިޔާރަތްކުރާ މީހުންނަށް ފެނުނީމާ އެ ކުނިތައް ހުރި ތަނަށް އިތުރު ކުނިއެޅުމަށް ފަސްނުޖެހޭ ގޮތް ވެއެވެ. ވީމާ އެއްވެސް ފަރާތަކުން މި ގޮތަށް ޢަމަލުނުކޮށް އީކޯ ގާޑަނުގެ ސާފުކަން ދެމެހެއްޓުމަށް އެއްބާރުލުން ދެއްވުން އެދެމެވެ.

Photos from Mathikilhi Eco Garden by Mathikilhi Society's post 15/09/2025

މީދޫ އަށް އަލަށް ތަޢާރަފުކުރެވިފައިވާ ގަސްތަކުގެ ތެރެއިން ޖަހާމުގުރި.

އާއްމު ދިވެހި ނަން : ޖަހާމުގުރި

އައްޑޫ ނަން : ޖަހައިމުގުރި
އިނގިރޭސި ނަން : Wood Apple
(Limonia acidissima)

ޖަހާމުގުރި ގަހަކީ ތަންކޮޅެއް ކުރީން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކޮންމެވެސް ވަރަކަށް ހުރި އެއްޗެކެވެ. އެގޮތުން އައްޑު އަތޮޅުގެ ބައެއް ރަށްރަށުގައިވެސް ކުރީން ހުރި ކަމަށްވެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެން ބެލިބެލުމުން މީދޫގައި މީގެ ގަހެއް ހުރި ކަމެއް ނުވަތަ ހުރި ދުވަސްވަރެއް އެނގޭކަށް ނެތެވެ. ފޮޓޯއިން މިފެންނަ ގަހަކީ، 2016 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ( މިހާރު މަތިކިޅި ސޮސައިޓީގެ މެމްބަރުން) މީދޫއަށް ތަޢާރަފުކޮށް ހެއްދި ގަސްތަކުގެ ތެރެއިން ގަހެކެވެ. މިއީ އެންމެ ބޮޑުކޮށް ރަނގަޅަށް ހެދިފައިވާ ދެ ގަހުން އެއް ގަހެވެ. މި ގަހުގައި ރަނގަޅު އަދަދަކަށް މޭވާ އަޅައި ހަރުވެ ދޮންވެގެން ވަރަށް ފަހުން ބިނދެފައިވެއެވެ. މިހާރުވެސް މޭވާ ހުރިކަން މީގެ ހަފުތާއެއް ކުރީން ނަގާފައިވާ މި ފޮޓޯއިން އެބަފެނެއެވެ.

އަޅުގަނޑުމެންގެ ބެލުމުގެ ދަށުން، މީގެ 18 ގަސް ހަތަރު ވަރަކަށް ފޫޓަށް ދިގުވަންދެން ހައްދާފައިވެއެވެ. އެއަށް ފަހު އަމިއްލައަށް ހައްދާން ބޭނުންވާ މީހުންނަށް ގަސްތައް ހަދިޔާކޮށްލީއެވެ.
ހިތަދޫ އާއި ފުވައްމުލަކަށް ވެސް މި ބެޗުގެ ތެރެއިން ބައެއް ގަސް ގެންގޮސްފައިވެއެވެ.

ޖަހާމުގުރި މޭވާއަކީ ނާށި ވައްތަރަކަށް ހުންނަ ހަރު ތޮށިގަނޑެއް އޭގެ ބޭރުގައި ހުންނަ މޭވާއެކެވެ. މި ތޮށިގަނޑު ބިނދެގެން ނޫނީ ކަނޑައިގެން ދެ ކިބައަށް ފަޅިކޮށްލާއިރު އެތެރޭގައި ހުންނާނީ ބަލި ރީނދޫ ކުލައިގެ ޖެލީގަނޑެއް ހެން ހުންނަ މުއިގަނޑެކެވެ. މުއިގަނޑު ތެރޭގައި ހިމުން އޮށްތަކެއް ހުންނާނެއެވެ. ޖަހާމުގުރި މޭވާގެ މައިގަނޑު ދެ ވައްތަރެއް ހުރެއެވެ.
ކުޑަ ހުތްކަމެއް އެކުލެވޭ ފޮނި ވައްތަރަކާއި ހިތިރަހަ ހުންނަ ވައްތަރެވެ. އަޅުގަނޑުން މި ހެއްދި ވައްތަރަކީ ފޮނި ވައްތަރެވެ. މި މޭވާ ގިނައިން ބޭނުންކުރެވެނީ، އޮށް ނުނަގަގައި ހުރިގޮތަށް ސީދާ ކެއުމަށާއި ޖޫސް ގިރުމަށެވެ. މީގެ އިތުރުން ޖޭމް ހެދުމަށާއި ތަފާތު ބޭސްވެރިކަމުގައި ވެސް ބޭނުންކުރެއެވެ.

ޖަހާމުގުރި މޭވާއަކީ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބިދޭ މޭވާއެކެވެ. ވިޓަމިން ސީ އާއި ވިޓަމިން އޭ އަދި އެންޓިއޮކްސިޑެންޓްސްގެ މިންވަރު މުއްސަނދި މޭވާއެކެވެ. ޚާއްސަ ގޮތެއްގައި ހަމުގެ ސިއްޙަތަށް ފައިދާ ހުރި މޭވާއެކެވެ. އަދި މި މޭވާގައި ހިމެނޭ ފައިބަރު މާއްދާގެ ސަބަބުން ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމަށް އެހީތެރިވެ، ބަނޑުހަރުވުންފަދަ މައްސަލަތަކުން ރައްކާތެރިކޮށްދެއެވެ.

Photos from Mathikilhi Eco Garden by Mathikilhi Society's post 06/09/2025

މީދޫ އަށް އަލަށް ތަޢާރަފުކުރެވިފައިވާ ގަސްތަކުގެ ތެރެއިން ބާބެޑޮސް ޗެރީ :

އާއްމު ދިވެހި ނަން : ޗެރީ

އިނގިރޭސި ނަން :
Barbados cherry
( Malpighia Glabra )

ޗެރީގެ ބާވަތްތަކުގެ ތެރެއިން 'ބާބެޑޮސް ޗެރީ' މީދޫ އަށް ފުރަތަމަ ފަހަރަށް ތަޢާރަފްކޮށް އާލާކުރެވިފައިވަނީ، 2018 ވަނަ އަހަރުގެ ތެރޭގައެވެ. މި ޗެރީ މީދޫ އަށް ތަޢާރަފުކޮށް އާލާކުރުމުގެ ޕްރޮގްރާމް ހިންގާފައިވަނީ، މިހާރު މަތިކިޅި ސޮސައިޓީގެ އިސް މެމްބަރުންނެވެ. އެ ޕްރޮގްރާމްގެ ދަށުން، މީދޫގެ ތިން ގެއެއްގެ ގޯތިތެރޭގައި މި ގަސް ވަރަށް ރަނގަޅަށް ހައްދައި، ގިނަ އަދަދަކަށް މޭވާ ލިބިފައިވެއެވެ. ފޮޓޯއިން މި ފެންނަ ގަހަކީ މިހާރުވެސް މީދޫގެ ގެއެއްގެ ގޯތިތެރޭގައި ހައްދާފައިވާ، ބާބެޑޮސް ޗެރީ ގަހެކެވެ. މި ގަހަކީ ވެސް ފޯދި މޭވާ ލިބޭ ގަހެކެވެ. މި މުޑުވަކަކީ، މިހާރު ރަށުގެ ވެއްޓަށް ރަނގަޅަށް ވެހިވެފައިވާ މުޑުވަކެކެވެ. އެހެންކަމުން ގޮފިކޮޅުތަކުގައި މޫލައްވައިގެން ، މީގެ އިތުރު ގަސް ހެއްދުމަކީ ދާދި ފަސޭހަ ކަމެކެވެ.

ބާބެޑޮސް ޗެރީއަކީ އޭގެ ސިއްހީ ފައިދާތައްވެސް ގިނަ މޭވާއެކެވެ. މި މޭވާގައި ވިޓަމިން ސީ ވަރަށް ގިނައިން އެކުލެވިގެންވެއެވެ. އޯރެންޖުގައި ހުންނަ މިންވަރަށްވުރެ އެތައް ގުނަ އިތުރަށް މި މޭވާގައި ވިޓަމިން ސީ ހުރެއެވެ. މީގެ އިތުރުން އެންޓިއޮކްސިޑެންޓްސް، ވިޓަމިން އޭ، ކެލްސިއަމް، އަދި ދަނގަނޑުގެ މާއްދާ ވެސް މީގައި އެކުލެވެއެވެ. ފުރިހަމައަށް ދޮންވެފައިވާ ބާބެޑޮސް ޗެރީގެ ރަހައަކީ، ހުތްކަން ގަދަ ހުތްފޮނި ރަހައެކެވެ.

މި ޗެރީ ގަހަކީ ޒިނަތްތެރިކަމަށްޓަކައި ބަގިޗާ ގަހެއްގެ ގޮތުގައިވެސް ހައްދާ ގަހެކެވެ. ޕޮޓްތަކުގައި ވެސް ހައްދައި އުޅެއެވެ.

Photos from Mathikilhi Eco Garden by Mathikilhi Society's post 05/09/2025

ކަނދޮޅު ގަހުގެ މައިގަނޑު ތިން ވައްތަރުގެ ތަޢާރަފެއް:

ކަނދޮޅު ނުވަތަ މާކަނދޮޅު ގަހުގެ އާއިލާގައި ތަފާތު ވައްތަރުތައް ހުރެއެވެ. އެއީ ފަތުގެ ކުލައާއި، މަލުގެ ކުލައާއި އަދި ގަސް ހެދޭ ގޮތުގައި ތަފާތުތަކެއް ހުންނަ ވައްތަރުތަކެވެ. އެގޮތުން ބަލާއިރު މާކަނދޮޅުގެ މައިގަނޑު ތިން ވައްތަރެއް ހުރެއެވެ. އެއީ އާއްމުކޮށް މި ފެންނަ ފެހި ވައްތަރުގެ އިތުރުން ރީނދޫ އަދި ރަތް ކަނދޮޅެވެ. ފެހި ކަނދޮޅުގެ ފަތްތަކުގައި އުޖާލާ ފެހިކުލަ ހުންނައިރު މަލުގެ ކުލަޔަކީ ހުދެވެ.

ރީނދު ކަނދޮޅުގެ ގިނަ ފަތްތަކުގައި ނުވަތަ ފަތުގެ ބޮޑު ބައެއްގައި ހުންނާނީ ރަންރީނދޫ ކުލައެވެ. ފަތްތަކުގެ ގާތްގަޑަކަށް އަށްޑިހަ ޕަސެންޓުގައި ރަންރީނދޫ ކުލަ ހުންނައިރު، އަނެެއް ބައި ހުންނާނީ ފެހިކުލައިގައެވެ. މި ވައްތަރު ކަނދޮޅުގައި މަލާއި ވަކި ( ބަލްބު ނުވަތަ ކަނދޮޅުވަކި) އެޅުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެން ވައްތަރު ކަނދޮޅު ގަހުގައި ރީތި ބޮޑު މާގަނޑު އަޅާއިރު ރީނދޫ ކެނދޮޅުގައި މާގަނޑު ނޭޅި ނަމަވެސް ، ރީނދޫ ކަނދޮޅު ހައްދަނީ އޯރނެމެންޓަލް ނުވަތަ ޒީނަތްތެރި ގަހެއްގެ ގޮތުގައެވެ. އެއިގެ ފަތްތަކުގައި ހުންނަ އުޖާލާ ރަންރީނދޫ ކުލައިގެ ރީތިކަމަށްޓަކައެވެ. ރީނދޫ ކަނދޮޅު ގަހުގައި މާގަނޑު ނައަންނާތީ ކަނދޮޅުވަކިވެސް ނައަޅައެވެ. އެއީ ކަނދޮޅުވަށްކަކީ، މާގަނޑާއެކު އަނާނަ އެއްޗެއް ކަމުންނެވެ. އެހެންކަމުން ރީނދޫ ކަނދޮޅުން ނިރު ނުވަތަ ޅަގަސްތައް ފަޅާނީ ހަމައެކަނި ގަހުުގެ މައި ގޮނޑިގަނޑުން ނުކުމެފައި ހުންނަ ކުދި ބަލްބު ނުވަތަ ވަކިތަކުންނެވެ. މި ދެންނެވިހެން ނިރު ފަޅާ ކުދި ބަލްބުތައް ހުންނާނީ މައި ބަލްބުގެ އެންމެ ތިރީ ކައިރީގައެވެ. އެހެންކަމުން ނިރުތައް ހަލާކުނުވާނޭހެން ނަގަން ބައެއްފަހަރު ދަތިވެއެވެ.

ތިންވަނަ ވައްތަރަކީ ރަތް ކަނދޮޅެވެ.
އެއީ ގަދަ ފިޔާތޮށި (ރެޑްޕިންކު) އަދި މަޑުފިޔާތޮށި ( ޕިންކިޝް) ޒާތުގެ ކުލައިގެ މާގަނޑު އަޅާ ކަނދޮޅެވެ. ރަތް މާގަނޑު އެޅިނަމަވެސް މީގެ ފަތްތަކުގައި ހުންނާނީ ފެހިކުލައެވެ.

މި ދެންނެވި ހުރިހާ ބާވަތެއްގެ ކަނދޮޅު ގަސްގަހުގައި ވެސް ވިހަ މާއްދާ އެކުލެވިގެންވެއެވެ. ޚާއްސަކޮށް ޕޮއިޒަން ބަލްބު ނުވަތަ ކަނދޮޅުވަކިތަކުގައެވެ.
އެހެންނަމަވެސް ހަކީމީ ބޭސްވެރިކަމުގައި ކަނދޮޅު ގަހުގެ ބައެއް ބައިތައް ބޭނުންކުރެވެއެވެ.

Photos from Mathikilhi Eco Garden by Mathikilhi Society's post 03/09/2025

މީދޫ އަށް ރީނދޫ ކަނދޮޅު ތަޢާރަފުކުރުން:

މަތިކިޅި ސޮސައިޓީގެ މައިގަނޑު ވިސްނުމަކީ އަދި އަމާޒަކީ ރަށުގެ ދިރޭ ތަރިކަ ނުވަތަ ޤުދުރަތީ މާހައުލު ރައްކާތެރިކޮށް ދެމެހެއްޓުމާއެކު އެ މާހައުލުން ކޮމިޔުނިޓީއަށް އުފާވެރިކަން ލިބިދިނުމަށް މަސައްކަތްކުރުމެވެ. މި ވިސްނުމުގައި އަޅުގަނޑުމެން އެންމެ އިސް ދައުރެއް އަދާކުރަނީ، މަތިކިޅި އީކޯ ގާޑަން ތަރައްގީކުރުމާއި މެއިންޓެއިންކޮށް ބެލެހެއްޓުމުގައެވެ. ދެވަނަ ކަމަކަށް އަޅުގަނޑުމެން ހިންގާ ޕްރޮގްރާމަކީ، ރަށުން މަދުވަމުން ނެތެމުންދާ މުހިންމު ބާވަތްތަކުގެ ގަސްތައް ދިރާސާކޮށް ދެނެގަނެ އަލުން އެ ގަސްތައް އިޔާދަކުރުމުގެ މަސައްކަތެވެ. އަދި ހަމައެހެންމެ އެކި ބޭނުންތަކަށް ފައިދާހުރި އައު ބާވަތްތަކުގެ ގަސްތައް ތަޢާރަފުކޮށް އާލާކުރުމަށް މަސައްކަތްކުރުމެވެ.

ފޮޓޯއިން މި ފެންނަނީ، އައު ބާވަތުގެ ގަސްތައް ތަޢާރަފުކުރުމަށް މިހިސާބަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މީގެ އެއް އަހަރު ކުރިން ، މަތިކިޅި ސޮސައިޓީ އިން މީދޫ އަށް ތަޢާރަފުކޮށްފައިވާ ރީނދޫ މާކަނދޮޅެވެ.

އާއްމު ދިވެހި ނަން : ރީނދޫ ކަނދޮޅު / މާކަނދޮޅު
އައްޑޫ ނަން : ރީނދޫ ކެނދޮޅު
ެިއިނގިރޭސި ނަން: Poison Bulb (Crinum asiaticum)

އާދައިގެ ކަނދޮޅާ ޚިލާފަށް ރީނދޫ ކަނދޮޅުގެ ޚައްސަ ސިފަތަކާ ބެހޭ މަޢުލޫމާތުކޮޅެއް ވަކި ޕޯސްޓަކުން ހިއްސާކޮށްލާނަމެވެ.

ރަށުން ނެތެމުންދާ ކަމަށް މިހިސާބަށް އަޅުގަނޑުމެންނަށް ދެނެގަނެވިފައިވާ ގަސްތަކުގެ ނަންތަކާއި އާލާކުރުމަށް ގަސް ހޯދައި ހައްދާން ފަށާފައިވާ ގަސްތަކުގެ އަޕްޑޭޓް އެހެން ޕޯސްޓަކުން ގެނެސްދޭ ނަމެވެ.

- މަތިކިޅި ސޮސައިޓީ -

03.09.2025

25/08/2025

Guests from Canareef Resort visited Mathikilhi Eco Garden.
24.08.2025

24/08/2025

Members of Sheesha Addu Team visited Mathikilhi Eco Garden .

24 August 2025

13/08/2025

The gentle bends of the sand pathway keep visitors in a state of pleasant suspense—inviting them to wonder what lies beyond and what awaits at the end of the path, where the garden greets them like a long-kept secret.

Want your business to be the top-listed Government Service in Midu?

Click here to claim your Sponsored Listing.

Location

Telephone

Website

Address


NARUGIS HINGUN
Midu

Opening Hours

Monday 07:30 - 18:00
Tuesday 07:30 - 18:00
Wednesday 07:30 - 18:00
Thursday 07:30 - 18:00
Friday 07:30 - 11:45
14:00 - 18:15
Saturday 07:30 - 18:00
Sunday 07:30 - 18:00